މޯލްޑިވްސް ޕޮލިސް ސާވިސް

ސާދަ އަހަރުގެ ކުއްޖެއް ރަހީނުކުރި މައްސަލައެއް

އުމުރުން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ރިޕޯޓް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ 14 އަހަރުގެ ކުއްޖަކު ގެއްލިގެން ރޭގެ ވަގުތެއްގައި ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓް ކުރިތާ ކުޑައިރުކޮޅެއްގެ ފަހުން ގެއްލުނު ފިރިހެން ކުއްޖާ ފެނިފައިވާ ކަމަށެވެ.

ފެނުނުއިރު ކުއްޖާގެ ހާލު ރަނގަަޅު ކަމަަށާ އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަަަށެވެ. ނަމަވެސް މައްސަލައިގެ ވަށައިގެންވާ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.

ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނާ ގޮތުން 14 އަހަރުގެ ކުއްޖާ ބަޔަކު ރަހީނު ކުރި އެވެ. އަދި ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސްފައިވެ އެވެ. ފުލުހުން މައްސަލަ ބަލަނީ ރަހީނު ކުރި މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް އެކަން ފުލުހުން ޔަގީން ކޮށެެއް ނުދިނެވެ.

ރަހީނު ކުރި ކުޑަކުއްޖާ އަކީ މީގެ ދުވަސްކޮޅެއް ކުރިން ރަހީނުކޮށް މަރާލުމަށްފަހު ހުޅުމާލެ ފަޅުތެރެއަށް އެއްލާލާފައި އޮތް 13 އަހަރުގެ ކުއްޖާގެ މައްސަލައާ ގުޅިގެން ތަހުގީގަށް ބަޔާނެއް ދިން ކުއްޖެއް ކަމަށް އަޑުފެތުރިފައިވެ އެވެ.