މޯލްޑިވްސް ޕޮލިސް ސާވިސް

ލަވަކިޔުންތެރިޔާ ފަރުހާދު ހޯދަނީ

Sep 16, 2021
2

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ހަތަރު މީހަކު ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ، މ. އަހްމަދީއާބާދު، މުބާހް މުޙައްމަދު ޒަކީ (39އ) އާއި ކ. މާލެ މއ. ސިލްވާބީމް، އިސްމާއީލް ފާހިރު (49އ) އާއި ސ. ފޭދޫ އަނބުމާގެ، އާއިޝަތު ނުޒުހަތު (40އ) އަދި ތ. މަޑިފުށި ފެހިވިނަ، މުހައްމަދު ފަރުހާދު (39އ) އެވެ.

މުބާހް މުހައްމަދު ޒަކީ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރުމަށެވެ. ބަންދުގައި ބަހައްޓައިގެން މި މަހުގެ 20 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އިސްމާއީލް ފާހިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. އޭނާވެސް ބަންދުގައި ބަހައްޓައިގެން މި މަހުގެ 20 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އާއިޝަތު ނުޒުހަތު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި ލަވަކިޔުންތެރިޔާ މުހައްމަދު ފަރުހާދު ހޯދަމުންދަނީ އެފަދަ މައްސަލައެއްގައެވެ. މި ދެ މީހުންވެސް ބަހައްޓައިގެން މި މަހުގެ 20 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހަތަރު މީހުންގެ ފޮޓޯއާ ވަނަވަރު އާންމުކޮށް ފުލުހުން ބުނީ މި މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް އެންގުމަށް އެދޭ ކަމަށެވެ.