ބޮލީވުޑް

"ވެލްކަމް ބެކް" އަތުލީ ޑައިރެކްޓަރުގެ ލޯބިވެރިޔާއަށް ދޭން: މަލިކާ

"ވެލްކަމް"ގެ ސީކުއަލް "ވެލްކަމް ބެކް"ގެ ބަތަލާއަކަށް ފުރަތަމަ ހަމަޖެހުނީ މަލިކާ ޝިރާވަތެވެ. ނަމަވެސް ފިލްމު ފެށިއިރު މަލިކާ އެ ފިލްމަކު ނެތެވެ. މަލިކާއަށް ދިން ރޯލު ވަނީ އެހެން ބަތަލާއަކަށް ދީފަ އެވެ.

މިކަމާ ގުޅޭ ގޮތުން ދާދިފަހުން މަލިކާ ވަނީ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި "ވެލްކަމް ބެކް" ގެއްލުނީ އެ ފިލްމުގެ ޑައިރެކްޓަރުގެ ލޯބިވެރިޔާ އެ ރޯލަށް ޝައުގުވެރި ވުމުން އޭނާއަށް ރޯލު ދިނުމުން ކަމަށެވެ.

އެމްއެކްސް ޕްލެޔާޒްގެ "ނަގާބް" އިން އޯޓީޓީ ޕްލެޓްފޯމްގައި އަލަށް މަސައްކަތް ފަށަން ތައްޔާރުވެފައިވާ މަލިކާ ބުނީ ބަތަލާ މަލިކާ "ވެލްކަމް" ގެ ސީކުއަލްގައި ޑައިރެކްޓަރު އޭނާގެ ލޯބިވެރިޔާ ބައިވެރި ކުރުމުން އޭނާ އެކަމާ ކުރާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"ހަގިގަތުގައި ވެސް އެހެންވީ. ޑައިރެކްޓަރު އޭނާގެ ލޯބިވެރިޔާ ބައިވެރި ކުރިއިރު ފިލްމުގެ ބަތަލު އޭނާގެ ލޯބިވެރިޔާ ވެސް ފިލްމުގައި ބައިވެރިކުރި. އަހަރެން ދެން ކީއް ކުރާނީ އެކަމާ. އަހަރެންގެ ލޯބިވެރިޔަކު ބޮލީވުޑަކު ނެތް ވިއްޔަ. އަހަރެން ދުވަހަކު ވެސް އެކްޓަރަކާވެސް ޑައިރެކްޓަރަކާ ވެސް ޕްރޮޑިއުސަރަކާ ވެސް ރައްޓެއްސެއް ނުވަން. އެމީހުން އެމީހުންގެ ލޯބިވެރިން ފިލްމުތަކުގައި ބައިވެރިކުރަން ބޭނުންވާނަމަ އެއީ އެމީހުންގެ އަމިއްލަ ކަމެއް. އެކަމާ އަހަރެން ކުރާނެ ކަމެއް. އެއީ އަހަންނަށް 'ވެލްކަމް ބެކް' ގެއްލުނު ގޮތަކީ،" މަލިކާ ބުންޏެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކުރި "ވެލްކަމް ބެކް"ގެ ތަރިންނަކި އަނިލް ކަޕޫރާއި ޖޯން އަބްރަހަމް، ޝައިނީ އަހޫޖާ، ޝްރޫތީ ހަސަން، ނާނާ ޕަޓޭކަރް އަދި ޕަރޭޝް ރާވަލް އެވެ.