ދުނިޔެ

ރައީސް ވަނީ ގޯސް ހައްދަވާފައި: އިންޑޮނީޝިއާ ކޯޓު

އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ވައި ނުސާފުވެ މީހުނަށް އުޅެން އޮތީ ދަތިވެފަ އެވެ. މިކަމާ ގުޅިގެން އާންމުންގެ ތެރެއިން އަދި އެންޖީއޯތަކުން ރައީސަށް އެރުވި އިރުޝާދަށް އަމަލު ކުރައްވާފައި ނުވާތީ އެ މައްސަލަ އޮތީ ކޯޓުގަ އެވެ.

އިންޑޮނީޝިއާގެ ކޯޓުން ބުރާސްފަތި ދުވަހު ބުނީ ރައީސް ޖޯކޯ ވިޑޯޑޯ އިހުމާލްވެ ވަޑަގެންފި ކަމަށާއި ޖަކާޓާގެ ވައިން ތަޣައްޔަރުކަން ފިލުވަން އަމަލީ ގޮތުން ކުރެއްވިފައި ހުރި ކަމެއް ސާބިތު ކޮށްދިވފައި ނުވާ ކަމަށެވެ.

ޖޯކޯ ވިޑޯޑޯއާއެކު ސަރުކާރުގެ ހަތް އޮފިޝަލަކަށް އިންޑޮނީޝިއާ ކޯޓުން ވަނީ ފިޔަވަޅުއަޅާފަ އެވެ. މި މައްސަލާގައި ރައީސާ ސަރުކާރުގެ އޮފިޝަލުން ހިފައި ހައްޔަރު ނުކުރިއެއް ކަމަކު ޝަރުތުތަކެއް ކަނޑައަޅައި ޖަޓާގެ ވައި ސާފު ކުރަން ކުރެވެން ހުރި ކަންތައްތައް ލިޔުމަށް ގެނެސް އަމަލީ މަސައްކަތްތައް ލަސް ނުކުރަން ވަނީ އަންގާފަ އެވެ.

އިންޑޮނީޝިއާ ކޯޓުން އަދި ބުނީ ވައި ނުސާފުވުމުން އާންމު ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުވަން ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ. މީހުން ހޭލުންތެރި ކުރުވުމުން ހެޔޮ ބަަދަލު އަންނާނެ ކަމަށާއި މައްސަލަ ހައްލު ކުރަން ފަސޭހަވާނެ ކަމަށެވެ.

އިންޑޮނީޝިއާ ސެންޓްރަލް ކޯޓުން ބުނީ ޖަކާޓާ ގަވަރުނަރު ވެސް މިކަމުގައި ޒިންމާވެ ވަޑައިގަންނަވަން ޖެހޭ ކަމަށާއި ސަރުކާރާ ގުޅިގެން އާންމުންގެ ދުޅަހެޔޮ ކަމަށް ގަވަރުނަރު އިސްކަން ދެއްވަން ޖެހޭ ކަމަށެވެ.

އިންޑޮނީޝިއާ ކޯޓުގައި މި މައްސަލައަށް ވާކާލާތު ކުރެވެމުން ދިއައިރު ހެއްވާ ކަންތައްތަކެއް ވެސް ވަނީ ހިނގާފަ އެވެ. ބެލެނިވެރިން ދަރިން ހޯމްވޯކް ނުހެދުމުން ދޭކަހަލަ އަދަބުތަކެއް ގައުމެއްގެ ވެރިންނަށް ކޯޓުން ކަނޑައެޅުމުން މިކަމުގެ ސަބަބުން ސަރުކާރާ ކޯޓުތަކާ ގުޅުން ބަދަހިވެއްޖެ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

ރައީސާއި އޮފިޝަލުން ތިއްބެވީ ކޯޓުން ދިން އަދަބު ގަބޫލު ކުރައްވައި މަސައްކަތްތައް އަވަސް ކުރައްވާ ގޮތަށް ތައްޔާރަށް ކަމަށް ނޫސްތަކުން ބުނެ އެވެ.