އިނގިރޭސިވިލާތް

ޔޫކޭގެ ގްރީން ލިސްޓްގައި ރާއްޖެ ހިމަނައިފި

އިނގިރޭސިވިލާތުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާއި ވެކްސިންގައި ރާއްޖެ ހޯދަމުންދާ ކާމިޔާބީގެ ސަބަބުން ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ އުނިވާނެ ކަމަށް އުންމީދު ކޮށްގެން ތިބޭތާ މަހެއްހާ ދުވަސްވެއްޖެ އެވެ. މިދިޔަ ހަތަރު ހަފްތާގައިވެސް ރާއްޖެ އޮތީ ޔޫކޭގެ ރެޑް ލިސްޓްގައެވެ.

ނަމަވެސް ބުދަ ދުވަހު އައު ކުރި ގްރީން ލިސްޓްގައި ރާއްޖެ ވަނީ ހިމަނާފައެވެ. މިއީ ދިވެހި ޓޫރިޒަމަށް ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ.

ރާއްޖޭގައި ކޮވިޑުގެ ހަތަރުވަނަ ރާޅަކަށްފަހު މިހާރު ނަމްބަރުތައް ވަނީ ދަށްވެފަ އެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 37 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 37 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 3،109 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،686 މީހުންނެވެ. މިހާތަނަށް 81،404 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަދާ ހަމައަށް 229 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. މިއަދާއި އިއްޔެވެސް ކޮވިޑްގައި މީހަކު މަރުވިއެވެ.