ލައިފްސްޓައިލް

ކުއްތާއަކަށް ބިޒިނަސް ކްލާސް ކެބިން ބުކް ކޮށްފި

މީހަކު އޮޅުކޮށްގެން ގެންގުޅޭ ހުދު ކުލައިގެ ދިގު ކެހެރިތަކެއްލީ ކުއްތާއެއް އަރާމުގައި ދަތުރު ކުރެވޭނެ ގޮތް ހެދުމަށްޓަކައި އެސޮރުގެ ވެރިމީހާ އެއާ އިންޑިއާ ބިޒިނަސް ކްލާސް ކެބިން އެއްކޮށް ބުކްކޮށްފި އެވެ.

އިންޑިއާގެ މުމްބާއީން ޗެންނާއީއަށް ދަތުރުކުރި މި ފްލައިޓްގެ ބިޒިނަސް ކްލާހުގައި ތިބީ ކުއްތާގެ ވެރިމީހާ އާއި ކުއްތާ އެކަންޏެވެ. މީގެ ކުރިން ވެސް ބައެއް މީހުންގެ އޮޅު ޖަނަވާރުތައް ވަރަށް އަރާމުގައި މަތިންދާބޯޓުން ދަތުރުކޮށްފައި ވެއެވެ. މި ދަތުރު ހާއްސަވަނީ މި ކުއްތާއަށް އަރާމުގައި ދަތުރު ކުރެވޭނެކަން ޔަގީން ކުރުމަށް މި މިހާ 2.5 ލައްކަ ރުޕީސް ޚަރަދު ކޮށްފައިވާތީ އެވެ. ގެންގުޅޭ އޮޅު ކުއްތާ ދެކެ އެންމެ ލޯބިވަނީ ކާކުތޯ ބަލަން މުބާރާތެއް ބާއްވައިފިނަމަ މި މީހާއަށް އެއްވަނަ ލިބޭނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ބުދަ ދުވަހު މުމްބާއީން ޗެންނައި އަށް ދަތުރުކުރި މި ފްލައިޓުގެ ބިޒިނަސް ކްލާހުގައި 12 ސީޓު ހުރިއިރު ކޮންމެ ސީޓެއްގެ އަގަކީ 20،000 ރުޕީސް އެވެ.

އެއާ އިންޑިއާގެ އިން-ފްލައިޓް ޕޮލިސީ ބުނާ ގޮތުން އޮޅުކޮށްގެން ގެންގުޅޭ ކުދި ކުދި ޖަނަވާރުގެ ތެރޭގައި ހިމެނޭ ކުއްތާ، ބުޅާ އަދި ދޫނި ފަދަ ތަކެތި ގެންދަން ހުއްދަ ލިބެ އެވެ. އެއީ ބޯޓުގައި ޖާގަ އޮތް މިންވަރަކާއި މި އޮޅު ދޫނި ނުވަތަ ޖަނަވާރަށް ރޭބީޒް ވެކްސިން ދީފައިވާކަން އެނގޭނެ ސެޓްފިކެޓް އޮތް ނަމައެވެ.

ޖަނަވާރުންގެ ސައިޒަށް ބަލައި މާ ބޮޑު ނޫންނަމަ ދެ ޕެޓް ވެސް ފްލައިޓުގައި އޭގެ ވެރިމީހާ އާއެކު ނުވަތަ ކާގޯގައި ބައިގައި ބައިތިއްބައިގެން ދަތުރު ކުރުމުގެ ހުއްދަ ދޭ ކަމަށް ވެއެވެ.