ދުނިޔެ

ޕާކިސްތާނުން ތާލިބާނުންނާއެކު ރަސްމީ ވާހަކަތައް ފަށައިފި

އަފްޣާނަށް ވެރިވެގެން ތިބި ތާލިބާނުންނާއެކު ޕާކިސްތާނުން ރަސްމީ މަޝްވަރާތައް ފަށައިފި އެވެ. މިއީ ނޫހެއްގައި ލިއުމުގެ ކުރިން ވެސް ހިނގަ ހިނގާ އޮތް ކަމެއްކަން ދުނިޔެ ދަނެ އެވެ.

ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވީ ޕާކިސްތާން ސަރުކާރުގެ އޮފިޝަލުން ހިމެނޭ ގޮތުން އަފްޣާންގައި ތާލިބާނުން އެކުލަވާލާފައި އޮތް ވަގުތީ ސަރުކާރުގެ ވަޒީރުންނާ މަޝްވާ ފައްޓަވާފައިވާ ކަމަށެވެ. މިއީ މި ދެ ގައުމުގެ ދެމެދުގައި ސިއްރު ގުޅުންތަކެއް އޮންނަ ކަމަށް ބަޔަކު ބުންޏަސް، ބޮޑުވަޒީރު އެކަން ކަށަވަރު ކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ބޮޑުވަޒީރު ވިދާޅުވި ފުރަތަމަ ފިޔަވަހީގައި މަޝްވަރާތައް އަމާޒު ކުރައްވާނީ އަފްޣާންގައި ދާއިމީ ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން ކަމަށެވެ، އަދި ތާލިބާނުން އެކުލަވާލާ ސަރުކާރުގައި ގަބީލާ / ނަސްލުތައް ބައިވެރި ކުރުމާ ބެހޭ ގޮތުން ކަމަށެވެ.

އަފްޣާންގައި ސަރުކާރެއް ފުރިހަމަ ކުރުމަށް ތަޖިކް، ހަޒާރާ އަދި އުޒްބެކް ޝާމިލް ވެގެން ކަމަށް އިމްރާން ވިދާޅުވި އެވެ. ބޮޑުވަޒީރު ވިދާޅުވީ ޖަމާއަތްތައް ހިމެނޭ ސަރުކާރެއް މުހިންމު ވަނީ ދާޚިލީ ހަމަޖެހުން ގާއިމުވެފައި އޮތުމަށްޓަކައި ކަމަށެވެ.

ތާލިބާނުން މިހާރު އުޅެނީ ގޮތްކިޔާ ވަރުން ސަރުކާރެއް އެކުލަވާލަން ދަތި ވެގެންނެވެ. ތުރުކީއަށް ވަކި ގޮތެއް، ގަތަރަށް ވަކި ގޮތެއް އަދި ޕާކިސްތާނަށާއި ވިލާތަށް ވަކި ގޮތެއް ހަދައިދޭން ޖެހިފައި އޮތުމުން ކުރިއަށް ދާނެ ވަކި ގޮތެއް ތާލިބާނުންނަކަށް ނޭނގެ އެވެ.

އިމްރާން ވިދާޅުވީ އަފްޣާންގައި ސަރުކާރު އެކުލަވާލެވޭ ގޮތަކުން ޕާކިސްތާނަށް ބޮޑު ނުރައްކަލަކަށް ވެދާނެ ކަމަށާއި އެއް ބޯޑަރުން ގުޅިފައި އޮތްއިރު ހަނގުރާމަވެރިން އެއްވެސް ދަތިކަމަކާ ނުލައި ޕާކިސްތާނަށް އެތެރެވެ އުޅޭ ކަމަށެވެ.