ދުނިޔެ

އައިފޯން 13: ޕެކިން ބަދަލުކޮށްފި

އައިފޯން 13 ތައާފުރުކުރުމުގެ ރަސްމިއްޔާތުގައި އެޕަލްގެ ސީއީއޯ ޓިމް ކުކް -- އައިފޯނުގެ ޕެކިން ވަނީ ބަދަލުކޮށްފައި
0%
0%
0%

އެޕަލްއިން އައިފޯން 13 ތައާރަފުކޮށްފި އެވެ. މިހާރު މިކިޔަނީ އައިފޯން 13އާ ގުޅުން ހުރި ޚަބަރުތަކެވެ. އައިފޯން 13 ހިމެނޭ ކޮންމެ ޖުމުލަ އަކީ ބާރުގަދަ ސުރުޚީ އެކެވެ.

އައިފޯން 13 އަކީ މިހާތަނަށް ނެރުނު އެންމެ ބާރުގަދަ އައިފޯނެވެ. އެޕަލުން އައިފޯނު ހިންގަނީ އޭ މަރުކާގެ ބަޔޮނިކް ޗިޕަކުންނެވެ. އައިފޯން 13 ގައި ހިމަނާފައިވަނީ މިހާތަނަށް އެޕަލުން އުފެއްދި އެންމެ ބާރުގަދަ އޭ 15 ބަޔޮނިކް ޗިޕެވެ.

އައިފޯން 13 އިގެ ބައެއް މޮޑެލްތަކުގެ ސްކްރީން ރިފްރެޝް ރޭޓަކީ 120 ހާޓްޒް އެވެ. ސްކްރީން ރިފްރެޝް ރޭޓް މަތިވުމުން ލިބޭ އެންމެ ބޮޑު ފައިދާ އަކީ ލޮލަށް ފަސޭހަވުމެވެ. ފޯނުގެ ދުވެލި ބާރުހެން ހީވުމާއި ގޭމްތަކުގެ މަންޒަރުތައް ބަދަލުވުމުގައި އަޅައިގަތުން ކުޑަވުމެވެ.

އައިފޯން 13 އަށް ދީފައި ވަނީ ވެސް ސުރުހީތަކަށް އަރާވަރުގެ ބެޓެރީ އެކެވެ. އަބަދުވެސް ކިޔަން ޖެހެނީ ކުރިން ނެރުނު ފޯނާ އެވެ. އެފޯނަށް ވުރެ މިފޯނުގެ ބެޓެރީ އުމުރު ދިގުވާނެ ކަމަށް އެޕަލުން ބުނެ އެވެ.

އައިފޯން 13 އިގެ އެއްވެސް މޮޑެލެއްގައި މިފަހަރު 64 ޖީބީ އިންޓާނަލް ސްޓޯރޭޖެއް ނެތެވެ. އެންމެ އާދައިގެ މިންގަނޑަކީ 128 ޖީބީ އެވެ. ފަހުން ވާނެ ގޮތެއް ނޭނގެ އެވެ.

އެޕަލް އަކީ ތިމާވެއްޓާ ޖެހުމުން ހިތްތިރި ކުންފުންޏެކެވެ. އެކަމަކު ވެސް ކަންތައްތައް ކުރުވަން ޖެހެނީ އޮބިއަޅައިގެންނެވެ. އައިފޯނު ފޮށިތެރޭގައި ޗާޖަރު ނުހިމަނައި އައިފޯން ޔޫރަޕްގައި ވިއްކަން ފެށީ މަޖުބޫރުވެގެންނެވެ. އެކަމަކު ޗާޖަރުތައް ވަކިން ވިއްކުން އެޕަލް އަށް ފަހުން ވީ ބޮޑު ފައިދާ އަކަށެވެ.

މިފަހަރު އައިފޯން 13 މާކެޓަށް ނެރޭއިރު ފޯނުގެ ޕެކިންގައި ޕްލާސްޓިކު ނުހުންނާނެ ކަމަށް އެޕަލުން ބުނެ އެވެ. އެއީ އެޕަލްގެ ހިތުގައި ތިމާވެއްޓަށް އޮތް ލޯތްބެއްގެ ސަބަބުން ކަމަށް ބުނެވެ އެވެ. ޕްލާސްޓިކް ޕެކިންގައި ނެރޭ ފޯނުތައް ބައެއް ގައުމުތަކުގައި ނުވިއްކޭނެ ކަމަށް ބުނާތީއެއް ނޫނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910