ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެ، ދުނިޔެއާ އެކަހެރިވުން ނިމައިދިނީ މި ދައުރު

Sep 21, 2021
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެ އޮތީ ކޮމަންވެލްތުން ވަކިވެފައެވެ. އެކަމުގެ ސަބަބުން އިގްތިސާދީ ގޮތުންނާއި ހާރިޖީ ގޮތުން އަދި ޒުވާނުންނާއި ކުޅިވަރުގެ ރޮނގުން ރާއްޖެއަށް ލިބެމުން އައި ގިނަ ފުރުސަތުތަކެއް ބަންދުވެގެންދިޔައެވެ. އިރާނާއި ގަތަރު ފަދަ ގައުމުތަކާ ސިޔާސީ ގުޅުން އޮތީ ކަނޑާލާފައެވެ. އެކަމާއި ގުޅިގެން އޮތީ އޯއައިސީ ފަދަ ޖަމާއަތްތަކުގެ ކުރިމަތީގައި ރާއްޖޭގެ އިތުބާރު ގެއްލިގެންފައެވެ. ދިވެހިންގެ އެންމެ އަވައްޓެރި އިންޑިޔާއާ ފެއަށް ޖެހިފައި އޮތީ ދުވަހަކުވެސް ރާއްޖެ-އިންޑިއާ ތަޖުރިބާ ކޮށްފައި ނެތް މިންވަރަކަށެވެ. އެކަމުގެ ސަބަބުން ސާކް ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން ނުބޭއްވި ސަރަޙައްދީ ހަމަޖެހުމަށް ބުރޫ އަރަމުންދިޔައެވެ. ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ތަރައްގީގެ ހަރުގަނޑުން މައްޗަށް އެރުމަށް ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަން އެންމެ ބޭނުންވި ވަގުތު ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމުގައި ގޮންޖެހުންތައް އޮތީ ކުރިމަތިވެފައެވެ. އަދި އިގްތިސާދީ ދުވެލި ހަލުވި ކުރުމަށް ބޭރުގެ އިންވެސްޓްމަންޓަށް ބޭނުންވެފައިވާ ވަގުތެއްގައި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި ލޯނު ލިބުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

މި ހުރިހާ ގޮންޖެހުންތަކާއެކު ވެރިކަމަށް އައިސް ދައުރުގެ ތިން އަހަރު ނިމެންދާއިރު އެ ހުރިހާ ކަމެއްހެން މިއަދު ބަދަލުވެއްޖެ އެވެ. އެކަމުގެ އެންމެ ސާފު ހެއްކަކީ އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަތުމެވެ. އެހަމައަށް ރާއްޖެ ދިޔުމަށް ކުރީން ހަދާފައިވާ ހުރިހާ ގޯސްތަކެއް ވަނީ ރަަނގަޅުކޮށްފައެވެ. ބައިނަލްއަގްވާމީ ދުނިޔޭގެ ވަރުގަދަ އިތުބާރަކާއި ޔަގީންކަމެއް ވަނީ ހޯއްދާފައެވެ.

ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެއްޖެ އެވެ. ގަތަރާއި ގުޅުން ގާއިމުކޮށް އޯއައިސީ ފަދަ ޖަމާއަތްތަކުގެ ކުރިމަތީގައި ރާއްޖޭގެ އިތުބާރު އަލުން ހޯދައިފި އެވެ. ރާއްޖެ-އިންޑިއާ ގުޅުން ހަރުދަނާކޮށް ބަދަހިކޮށްފައިވެއެވެ. އެ ގައުމުން މިއިން ޒަމާނަކު ނުލިބޭ އެހީތެރިކަން މިއަދު ރާއްޖެއަށް ދަނީ ލިބެމުންނެވެ. އަދި ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އިތުބާރު ހޯދާ ތަރައްގީގެ މަޝްރޫއުތަކަށް ލޯނުތައް ދަނީ ލިބެމުންނެވެ. އިންވެސްޓަރުންގެ ޔަގީންކަން ވަނީ އަލުން އަނބުރާ ހޯދާފައެވެ.

ހާރިޖީ ސިޔާސަތުގެ ބައެއް ކާމިޔާބީތައް

  • ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވުން
  • ރާއްޖެއިން ގަތަރާއި އަލުން ގުޅުން ބަދަހި ކުުރުން
  • ރައީސްގެ ބައިނަލްއަގްވާމީ ބައްދަލްވުންތަކުގެ އަަދަދު 140 ވުރެ އިތުރު
  • ގައުމުތަކާއި އޮންނަ ގުޅުން ވަރުގަދަކޮށް ހަރުދަނާ ކުރެއްވުން
  • 'ކޮވިޑް ކޮންޓްރޯލް ކުރުމަށް ބައިނަލްއަގްވާމީ ދުނިޔޭގެ އެހީތެރިކަން ލިބުން
  • ބޭރުގެ އެހީތެރިކަމާއެކު މުޅި އާބާދީއަށް ވެކްސިން ދެވޭނެ ކަން ކަށަވަރުކުރުން
  • އާބާދީގެ 85 ޕަސެންޓް ވެކްސިން ފުރިހަމަ ކުރުން
  • ގައުމުތައް ބަންދުވީ ވަގުތު ދިވެހީންނަށް ރާއްޖެ އައުމަށް ލިބުނު އެހީތެރިކަން
  • ގައުމުތަކުގެ އެހީގައި ތަރައްގީގެ މަސައްކަތްތައް ފެށުން (މިސާލު: ތިލަ-މާލެ ބްރިޖް މަޝްރޫއު)
  • ޖަޕާން، ޕާކިސްތާން، ޔޫއޭއީ ފަދަ ގައުމުތަކުން ލިބޭ ސްކޮލާޝިޕްގެ ފުރުސަތުތައް
  • ޖަޕާން މެދުވެރިކޮށް ލިބިފައިވަނީ 15.5 މިލިޔަން ރުފިޔާ ގްރާންޓް އެއިޑް

ގުޅުންތައް ބަދަހިކުރުމުގައި ސަރުކާރުން އިސްކަން ދީފައިވަނީ ރަހުމަތްތެރިކަން ބަދަހިކޮށް ދުނިޔޭގެ ސުލްހަ އާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސަރަހައްދީގޮތުން އަދި ބައިނަލްއަގްވާމީގޮތުން ހަރަކާތްތެރިވާ މިނިވަން ހާރިޖީ ސިޔާސަތެއް ގާއިމުކޮށް ތަންފީޒު ކުރުމަށެވެ.

އަދި ރާއްޖޭގެ ގަދަރާއި އިއްޒަތާއި ޝަރަފު ދުނިޔޭގެ ކުރިމަތީގައި ކުރިއަރުވާ ބައިނަލް އަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލްތަކަށް އިހްތިރާމްކުރާ ގައުމެއްގެ ގޮތުގައި ހެދުމަށެވެ. ބައިނަލް އަގުވާމީ ދުނިޔެ އާއި ގުޅުން ބަދަހިކޮށް ރާއް ޖެއާއި އެހެން ގައުމުތަކުގެ މެދުގައި އޮންނަ ހާރިޖީ ގުޅުންތައް ވަރުގަދަ ކުރުމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއިއެކު ހަދާފައިވާ މުއާހަދާތަކަށް ފުރިހަމައަށް ބޯލަނބާ އިހްތިރާމްކުރާ ގައުމެއް ކަމަށް އަލުން އަނބުރާ ހެދުމާއެކު ރާއްޖޭގެ އުފެއްދުންތަކާއި ވިޔަފާރިއަށް ދުނިޔޭގެ ބާޒާރުން ފުރުސަތުތައް ފަހިކޮށްދެވި ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ އާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި އެކުވެރި ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން އިތުރުކުރުމަށެވެ.

އިންޑިޔާ ކަނޑުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދަމަހައްޓާ ގުޅުންތައް ވަރުގަދަކުރުމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެކު ރާއްޖެ އާއި އިސްލާމީ ގައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. ސަރުކާރުން ވަނީ އެ މަސައްކަތް ކާމިޔާބުކޮށް ރާއްޖެ ފަހުރުވެރިކޮށްދީފައެވެ.

ސަރުކާރުން ގުޅުން ގާއިމުކުރި ގައުމުތައް

  • ބޮލީވިއާ - ​​31 މޭ 2019
  • ރުވާންޑާ - 6 ސެޕްޓެންބަރު 2019
  • އެންގޯލާ - 10 ކޮވެންބަރު 2020
  • އެސްވަޓީނީ - 15 ޑިސެންބަރު 2020
  • އެރިޓްރިއާ - 10 ފެބުރުއަރީ 2021
  • ޤަޠަރު - ​​15 މާރިޗު 2021 (އަލުން ގުޅުން ގާއިމުކުރުން)
  • ލެސޯތޯ - 29 މާޗް 2021