ލަލީގާގައި ބާސެލޯނާ ކުޅުނު މެޗުގެ ފަހު ވަގުތުގައި ރޮނާލްޑް އަރައުހޯ އެޓީމަށް ކާމިޔާބު ކޮށްދިން ގޯލާއިއެކު ގްރަނާޑާ އަތުން ބާސެލޯނާ އެއްވަރު ވެއްޖެ އެވެ.
ބާސެލޯނާގެ ކޭމްޕް ނުއޯ ސްޓޭޑިއަމްގައި ހޯމަ ދުވަހުގެ ރޭ ގްރަނާޑާ އާއި ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުގެ ވެގެންނެވެ.
މި މެޗުގެ ވަރަށް ކުރީ ކޮޅުގައި ގްރަނާޑާއިން ވަނީ ގޯލެއް ޖަހައި ލީޑު ނަގާފަ އެވެ. ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގައި ގްރަނާޑާއަށް މި ގޯލު ކާމިޔާބު ކޮށްދިނީ ޑޮމިންގޯސް ޑުރާޓޭ އެވެ. މި ގޯލަކީ އެސްކުޑޭރޯ ނަގައިދިން ހުރަހަކުން ގްރައުންޑް ހެޑާއެއް ޖަހައިގެން ޑުރާޓޭ ކާމިޔާބު ކޮށްދިން ގޯލެކެވެ.
މި ގޯލަށް ފަހު ވެސް ގްރަނާޑާއަށް ގޯލު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެކަމަކު ބާސެލޯނާގެ ކީޕަރު ޓާ ސްޓޭގެން ވަނީ ހުށިޔާރު ކަމާއި އެކު އެ ހަމަލާތައް ދިފާއު ކޮށްފަ އެވެ.
ގްރަނާޑާގެ ގޯލާއި އެކު ބާސާއިން ގޯލު ޖެހުމަށް އިތުރަށް މަސައްކަތް ކުރި އެވެ. އެގޮތުން ގްރަނާޑާގެ އޭރެިއާ ތެރެއިން ސާޖިއޯ ރޮބާޓޯ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް ނިކުން އިރު މެމފިސް ޑިޕާއީ ފޮނުވާލި ބާރު ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އާންމުކޮށް ބާސެލޯނާ ކުޅޭ ގޮތާއި ހިލާފަށް ގިނަ އަދަދެއްގެ ހުރަސްތަކެއް އެތެރެއަށް ނަގައިގެން ކުޅުމަށް ރޭގެ މެޗުގައި އެޓީމުން މަސައްކަތް ކުރި އެވެ.
ބާސެލޮނާގެ ގޯލަކީ ސާޖިއޯ ރޮބާޓޯ ނަގައިދިނ ހުރަަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަރައުހޯ ކާމިޔާބު ކޮށްދިން ގޯލެކެވެ.
މި ނަތީޖާ އާއި އެކު ބާސެލޯނާ މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ދެ މެޗުން އެއްވަރު ވުމުން ލިބުނު އަށް ޕޮއިންޓާއިއެކު ތާވަލުގެ ހަތް ވަނައިގަ އެވެ.