ހަބަރު

ހެކަތަންގެ އެއްވަނަ ޓެކްސްޓް އަ ސްޕީޗަށް

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކިކް ސްޓާޓް އިން ކުރިއަށް ގެންދިޔަ ހެކަތޯންގެ އެއްވަނަ ކޮމްޕިއުޓަރުގައި ދިވެހި ބަހުން ލިޔުމުން އެ ޖުމްލަ ދިވެހިން ކިޔާ ގޮތަށް ފަރުމާކޮށްފައިވާ "ޓެކްސްޓް އަ ސްޕީޗް" ޕްރޮގްރާމަށް ލިބިއްޖެ އެވެ.

ގިނަ އަދަދެއްގެ ޑިވްލޮޕަރުން ބައިވެރިވެގެން 24 ގަޑިއިރަށް ކުރިއަށް ދިޔަ މި މުބާރާތުގައި 30 ފަރާތެއް ބައިވެރިވެފައިވެ އެވެ. މި މުބާރާތުން އެއްވަނަ އަށް ގޮސްފައިވަނީ "ޓެކްސް އަ ސްޕީޗް" ނަމުގައި ހަދާފައިވާ ޕްރޮގްރާމަށެވެ.

ޖަޖުންނަށް އެންމެ ކަމުދިޔަ މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިވެހި ބަހުން ކޮމްޕިއުޓަރުގައި ޖުމުލައެއް ލިޔުމުން އެ ޖުމްލަ އިން ގޮތަށް ދިވެހި ބަހުން ކޮމްޕިއުޓަރުން ކިޔާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަރުމާކުރި ގްރޫޕަށް އިނާމެއްގެ ގޮތުން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) 25000ރ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގްރޫޕުގެ ކޮންމެ މެމްބަރަކަށް 5000ރ ގެ ފައިސާގެ އިނާމް ދީފައިވެ އެވެ.

ހެކަތޯން މުބާރާތުން ދެވަނަ އިނާމް ލިބުނީ "ކޮންޑޮކް" ނަމަކަށް ކިޔާ އެޕް އެއް ހެދި ގްރޫޕަށެވެ. އެމީހުން ޑިވޮލޮޕް ކުރީ ގޭގައި އިންދެގެން އެޕެއް ބޭނުން ކޮށްގެން ހޮސްޕިޓަލަކުން ދޭ ހިދުމަތުގެ މައުލޫމާތު ލިބޭ ނިޒާމަކަށެވެ. އެ ގްރޫޕަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ލިބުނެވެ. އަދި ތިން ވަނަޔަށް ދިޔައީ ޑީޑް ނަމަކަށް ކިޔާ އެޕްއެއް ހެދި ގްރޫޕަށެވެ. އެމީހުންނަށް އެންސީއައިޓީ ފަރާތުން ލިބުނީ 5000 ރުފިޔާގެ އިނާމެކެވެ.

ކިކް ސާޓާޓް އިން ބާއްވާ ހެކަތަން މުބާރާތް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގަ އެވެ. އަދި މި މުބާރާތުގެ ބޭނުމަކީ ރާއްޖޭގެ ޑިވޮލޮޕަރުންގެ ހުނަރު ދައްކާލައި އެ މީހުންނަށް އައިސީޓީ ދާއިރާ އިން އިތުރަށް ކުރިއެރުމަށް ޓަކައި ބާއްވާ މުބާރާތެއް ކަމަށް ކިކްސްޓާޓް އިން ބުނެ އެވެ.