ދިވެހި ސިނަމާ

"ޒައްރޫކު" މިހާރު ބަލާލެވޭނެ، ވަރަށް އިބުރަތްތެރި

0%
0%
100%

"ކަޒްމިކް އިންޓަނޭޝަނަލް" އާއި "އައި ފިލްމްސް" ގުޅިގެން ގެނެސްދޭ ކުރު ފިލްމު "މަޒްލޫމް" ގެ ދެވަނަ ޗެޕްޓާ "ޒައްރޫކް" ބައިސްކޯފުގައި މިރޭ ސްޓްރީމް ކޮށްފި އެވެ.

މިއީ މި ފަހުން ބައިސްކޯފަށް އައި އެންމެ ތަފާތު ސީރީޒް އެވެ. ވަކިން ހާއްސަކޮށް މިރޭ ސްޓްރީމްކުރި "ޒައްރޫކު" ފާހަގަކޮށްލެވެއެވެ.

އުމުރުން 11 އަހަރުގެ މުހައްމަދު މާހިލްގެ ކުޅަދާނަ އެކްޓިން ފެނިގެންދާ މި ކުރު ފިލްމުގައި އިބްރަތްތެރި އެތައް މެސެޖެއް ދެއެވެ. މަސައްކަތުގަައި ބުރަ ދެމަފިރިންނަށް ލިބިފައިވާ ކުއްޖަކު ގިނަ ވަގުތު އެކަނި ގޭގައި ހޭދަ ކުރަން ޖެހުމުން ދިމާވާ އެކި ކަންކަން ދައްކައިދެއެވެ. ހާއްސަކޮށް ނަފްސާނީ ގޮތުން ކުއްޖަކަށް ދިމާވެދާނެ ވަރަށް މުހިންމު މައްސަލައަކަށް ފޯކަސް ކޮށްފައިވެއެވެ.

އަރަމުން އަންނަ އެކްޓްރެސް ނަތާޝާ ޖަލީލު އާއި ޒުވާން އެކްޓަރު ޝާރިފް މުހިންމު ރޯލުތަކުން ފެނިގެންދާ މި ކުުރު ފިލްމުގައި ދަރީންނަށް ވަގުތު ދިނުމުގެ މުހިންމު ކަމާއި އެކަން ނުކޮށްފިނަމަ ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކާއި އަދި އެ މައްސަލަތަކަށް އޮތް ހައްލުވެސް ބުނެއެވެ.

"ބަވަތި" އިން އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޒުވާން ޑަައިރެކްޓަރު އިލްޔާސް ވަހީދުގެ ސްކްރީން ޕްލޭވެސް އެހާމެ މޮޅެވެ. އޭނާގެ ޑައިރެކްޝަންގެ ހުނަރުވެރިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ނަތާޝާ އާއި ޝާރިފްގެ މޮޅު އެކްޓިން އިން އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ.

މިއީ މިފަދަ ދުވަސްވަރަކާއި ވަރަށް ގުޅޭ މުހިންމު އަދި އެހާމެ ވަރުގަދަ މެސެޖްތަކެއް ދޭ ފިލްމެއް ކަމުން ބެލެނިވެރިން މި އެޕިސޯޑް ބަލާލުން ވަރަށް މުހިންމެވެ. މިހާރު ބައިސްކޯފުން މި އެޕިސޯޑް ބަލާލެވޭނެ އެވެ.

"މަޒްލޫމް" ބައިސްކޯފުން ދައްކާނީ ހަތަރު އެޕިސޯޑަކަށް ބަހާލައިގެންނެވެ. ފުރަތަމަ އެޕިސޯޑަށްވެސް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910