ދިވެހި ސިނަމާ

ފިލްމް "ބިބީ" ގެ އޮންލައިން ބުކިންސް އަށް ހުޅުވާލައިފި

ޑާކް ރެއިން އެންޓަޓައިމަންޓްގެ ހޮރޯ-ކޮމެޑީ ފިލްމް "ބިބީ" ގެ އޮންލައިން ބުކިންސް އަށް ހުޅުވާލައިފި އެވެ.

ޑާކް ރެއިން އިން ބުނި ގޮތުގައި ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް މިހާރު ޓިކެޓް ބުކް ކުރެވޭނެ އެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު އެވެ.

ފިލްމްގެ ތަރިންގެ ތެރޭގައި ޝަރަފް އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) ހިމެނެ އެވެ.

މީގެ އިތުރުން މި ފިލްމުން ޝީލާ ނަޖީބު އާއި އަހުމަދު ސައީދު އާޢި އަބްދުﷲ ޝާފިއު (ފުބޫ) ވެސް ފެނިގެންދާނެ އެވެ.

މިއީ ޑާކް ރެއިން އިން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމް އެވެ. ޑާކް ރެއިން އިން މި އަހަރުގެ މާޗް މަހު ގެނެސްދިނީ ރިވެންޖް، އެކްޝަން ތްރިލާ ފިލްމް "ފުރޭތަ" އެވެ.