ދިވެހި ސިނަމާ

"ކަމަނާ"ގެ ފުރަތަމަ އަށް ޝޯގެ ހައުސްފުލްވެއްޖެ

ދިވެހި ފިލްމް "ކަމަނާ" ގެ ފުރަތަމަ އަށް ޝޯގެ ހައުސްފުލްވެއްޖެ އެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

ސެޓާން ސްޓޫޑިއޯ އިން ބުނީ ފިލްމްގެ ފުރަތަމަ އަށް ޝޯގެ ހައުސްފުލްވެފައިވާ ކަމަށާއި ސެޕްޓެމްބަރު ދެ ވަނަ ދުވަހުން ނުވަ ވަނަ ދުވަހުގެ ޝޯތަކުގެ ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށެވެ.

މި ފިލްމަކި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ޒުވާން އަންހެން ކުއްޖެއްގެ ހަޔާތް ދައްކުވައިދޭ ހަގީގީ ވާހަކައަކަށް ބިނާ ކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ (އައްޒަ)، ޔޫސުފް ޝަފިއު (ޔޫއްޕެ)، އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު އަދި އަހްމަދު ނިމާލު އަދި މުހައްމަދު ރަޝީދު (ދަރާ) ވެސް ހިމެނެ އެވެ.