ލައިފްސްޓައިލް

ފަސް އަހަރުގެ ސްޕައިޑާ ގާލް!

ފައިދިގު މަކުނެއް ފާރަކަށް އަރާހާ ހަލުއި ކަމާއެކު ކުޑަ އަންހެންކުއްޖަކު އުސް ފާރަކަށް އަރާ މަންޒަރުގެ ވީޑިއޯއެއް ވަރަށް ފަހުން ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވެއެވެ. ފަސް އަހަރުގެ މި އަންހެންކުއްޖާ ވަރަށް ހަލުވިކޮށް ފާރު ފާރަށް އަރަނީ އެއްވެސް މީހެއްގެ އެހީތެރިކަމަކާ ނުލާ އެކަނި މާއެކަންޏެވެ.

މި ކުއްޖާ ފާރަށް އަރަނީ އޭނާގެ ދެ އަތާއި ދެ ފައި ބޭނުން ކޮށްގެންނެވެ. އިތުރު އެހެން އެއްވެސް އެއްޗެއްގެ އެހީތެރި ކަމަކާ ނުލަ އެވެ.

މި ވީޑިއޯ ފެށޭއިރު ކުއްޖާ ހުންނަނީ ފާރުގެ ވަކި ހިސާބަކަށް އަރަ އެވެ. އޭނާ ދެ އަތާއި ދެ ފައި ފާރުގައި ތަތްކޮށްލާފައި ފާރަށް އަރަމުން ގޮސް ފަންގިފިލާގައި ބޯ ޖެހޭ ހިސާބަށް އަރައި އެ ތަނުގައި މަޑުކޮށްލައިގެން އިނދެ ދެ ފައި ދޫކޮށްލާ އެކި ކަހަލަ ހަރަކާތްތައް ކުރާ ތަން ވެސް ވީޑިއޯގައި ފެނެ އެވެ.

ވީޑިއޯ ޓުވިޓާގައި ޝެއާކޮށްފައި ވަނީ ކުއްޖާގެ އާއިލާގެ މެމްބަރެކެވެ. މި ވީޑިއޯގެ ކެޕްޝަންގައި އެ މީހާ އެ ކުއްޖާ ސިފަކޮށްދީފައި ވަނީ "ސްޕައިޑަގާލް" އެއްގެ ގޮތުގަ އެވެ.