ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސްވިޒަލޭންޑްގެ ރައީސްއާ ބައްދަލު ކުރައްވައިފި

Sep 22, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސްވިޒަލޭންޑްގެ ރައީސް ގައި ޕާމެލިން އާ ބައްދަލު ކުރައްވައިފި އެވެ.

އދ. ގެ މައި އިދާރާގައި މި ބައްދަލު ކުރެއްވުން ބާއްވާފައި ވަނީ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސް ސޯލިހް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުން އިސްކަންދޭ މުހިއްމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި ހިޔާލު ބަދަލުކުރައްވާފަ އެވެ. އެގޮތުން ކޯވިޑް-19 ޕެންޑަމިކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ފަދަ މައުލޫއުތަކުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.