ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިޔާސަތަކީ ތަފާތުނުކުރުން: ރައީސް

Dec 10, 2022
2
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް -- ފޮޓޯ: ރައީސް އޮފީސް
0%
0%
100%

އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ހިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ އިންސާނީ އަސާސީ ހައްގުތަކާ ގުޅިފައިވާ ޒަރޫރީ ހިދުމަތްތައް ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މެދުނުކެނޑި ރަށްރަށުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަކުރެއްވެވި އެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ކަރާމާތާއި މިނިވަންކަމާއި އިންސާފު، އެންމެންނަށް" މިއެވެ.

އދ. އިން ކަނޑައަޅާފައިވާ މި ޝިއާރު ރަމްޒުކޮށްދެނީ، އިންސާނުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި އިހްތިރާމާއި ގަދަރުކުރުމުގެ ސިފަ ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ކަމުގައި ރައީސް ވިދާޅުވި އެވެ.

މިނިވަންކަމާއި އަދުލު އިންސާފާއި ސުލްހަވެރިކަން، މުޖުތަމައުގައި ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިހްތިރާމާއި ލޯތްބާއި އިންސާފާއެކު މުއާމަލާތު ކޮށްގެން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"ތިމާގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ އިހްތިރާމާއި މިނިވަންކަމާއި އިންސާފު، ތިމާގެ ފަރާތުން އަނެކާއަށް ވެސް ލިބިދީގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ މުޖުތަމައުގައި ހުރި އިންސާނީ ހައްގުތަކަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށް ކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ. އިޖުތިމާއީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި، ދޮށީ އުމުރުގެ މީހުންނަށް ހައްގުވާ އާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. އަދި މައިންބަފައިންގެ ލޯބިން މަހްރޫމުވެފައިވާ ކުޑަކުދިންނަށް މުޖުތަމައުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާހައުލެއް ފަހިކޮށްދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޤާދިރު

ލަދުހަޔާތް ކުޑަ މީހުން ވެސް ތަންތަނުގައި ތިބޭ

އަސްލު

މިސާލެއް މަހޭގެ މައްސަލަ އާއި ޔާމީނުގެ މައްސަލަ. ހަމަ އެކަނި އަގައިން ނުކުރަމޭ ބުނީމަ އެނިމުނީ ވަރަށް ފުރިހަމަ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345