އިލެކްޝަންސް ކޮމިޝަން

"ކަރިޝްމާ" ކިޔާތީ ޕާޓީ ނުހެދުނު

"ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އެ ނަމުގައި ޕާޓީއެއް އުފައްދަން ހުށައެޅީ މ. ކެލަން، މުހައްމަދު އިސްމާއީލެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ "ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި މ.ކެލަން މުހައްމަދު އިސްމާއީލް ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދިނުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. ހުއްދަ ނުދިނުމަށް ނިންމި ދެ ސަބަބަކާއި ގުޅިގެންނެވެ.

އެއީ ފޯމާއެކު މުހައްމަދު އިސްމާއީލް ހުށަހަޅާފައިވާ ލިޔެކިޔުން ފުރިހަމަ ނުވާތީ އާއި އޭނާ ހުށަހަޅާފައިވާ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ޖަނަވަރީ، 16 2019 ގައި ކޮމިޝަނުން ނިންމާފައި ވާތީ އެވެ.