ސްރީލަންކާއަށް ދާ ދިވެހިން، އެގައުމުގެ އާއާޕޯޓުން އިތުރަށް ފާސް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ސްރީލަންކާ އެއާޕޯޓުން ދިވެހިންގެ ގިނަ ބަޔަކު ހުއްޓުވައި އިތުރަށް ބަލައި ފާސް ކުރާކަން ކަށަވަރުކޮށްދިނީ ފޮރިން މިނިސްޓްރީ އިން މިރޭ ކުރި ޓްވީޓެއްގަ އެވެ. އެ މިނިސްޓްރީ އިން ބުނީ ސްރީލަންކާއަށް ދާ ދިވެހިން އެގައުމުގެ އެއާޕޯޓުން އިތުރަށް ފާސްކުރާތީ އެކަން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އެހެން ނަމަވެސް ލަންކާ އެއާޕޯޓުން ހާއްސަކޮށް ދިވެހިން އިތުރަށް ފާސްކުރާ ވަކި ސަބަބެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ލަންކާ އެއާޕޯޓުން ހަރުކަށިކޮށް އެގައުމަށްދާ ދިވެހިން ބަލާފާސްކުރަން މިއަދު ފަށައިފާވާއިރު މިދުވަސްކޮޅު ލަންކާއާއި ރާއްޖެ ދެމެދު ހިނގި މައްސަލަތަކާ ހެދި ލަންކާ ފުލުހުން ވަނީ ދިވެހިން ދިރި އުޅޭ ގޭގެ ވެސް ބަލައި ފާސް ކުރާނެ ކަމަށްވެސް ބުނެފަ އެވެ.