ރާއްޖެ ކުޅިވަރު

ކުޅުންތެރިން ދައްކަން ޖެހެނީ އަންހެނުންގެ ޑޮކްޓަރަކަށް

Nov 29, 2015
1
މެޗަށް ފަހު ސާންތީ ވާހަކަ ދައްކަނީ:
0%
0%
0%

ފުޓްބޯޅަ މެޗުތަކުގައި މިހާރު އަނިޔާވާ ކުޅުންތެރިން ދައްކަން ޖެހެނީ އަންހެނުން ޑޮކްޓަރަކަށް ނުވަތަ ކުޑަކުދިންގެ ޑޮކްޓަރަކަށް ކަމަށް ބުނެ އެފްއޭއެމުގެ މެޑިކަލް ޑިޕާޓްމަންޓަށް އީގަލްސްއިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި އިއްޔެ ހަވީރު ޓީސީއާ ބައްދަލުކޮށް 0-0އިން އެއްވަރުވި މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ ކުޅުންތެރިންނަށް ފަރުވާ ކުރެވޭ ގޮތްތައް އެފްއޭއެމުގައި ކުރިން ވަރަށް ރަނގަޅަށް އިންތިޒާމްކޮށްފައި ހުންނަ ކަމަށެވެ.

"އެކަމަކު މިހާރު މިވާ ގޮތަކީ ޑރ. (އަހުމަދު) ޝަކީބް އުޅުއްވަނީ އެފްއޭއެމް ހިންގުމާ ހަވާލުވެވަޑައިގެން. އެހެންވީމާ އެހާ ޒިންމާ ބޮޑު މަގާމެއްގައި ހުންނަން ޖެހުމުން އެބޭފުޅާ ވަރަށް ބިޒީވޭ. ވަރަށް ގިނަ މަސައްކަތް ހުންނާނެތާ. ގިނައިން އުޅުއްވަނީ ރާއްޖޭން ބޭރުގައި. މެޑިކަލް ޑިޕާޓްމަންޓް މިހާރު ކުރިއަކަށްނުދޭ. ކުރިން ވަރަށް ރަނގަޅަށް މިކަންކަން އިންތިޒާމް ކުރެވިފައިވަނީ. އެކަމަކު މިހާރު ޑރ. ޝަކީބު އެހާ ބިޒީވީމަ ކުޅުންތެރިން ދައްކަން މިޖެހެނީ އަންހެނުންގެ ޑޮކްޓަރަކަށް ނުވަތަ ކުޑަކުދިންގެ ޑޮކްޓަރަކަށް. މި ގޮތަކަށް މިކަމެއްނުވާނެ،" ސާންތީ ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިންނަށް ފަރުވާ ދެވޭ ވަރަށް ޓްރޭން ލިބިފައި ރާއްޖޭގައި ތިބީ ދެ ޑޮކްޓަރުން ކަމަށާއި އޭގެ ތެރޭގައި ޝަކީބު ހިމެނޭތީވެ އޭނާ އަށް ދައްކައިގެން ފަރުވާކުރުމަކީ ކުޅުންތެރިން އެންމެ އެދޭ ގޮތް ކަމަށެވެ.

ސާންތީ (ކަނާތުން ތިން ވަނަ އަށް) ސީނިއާ ގައުމީ ޓީމުގެ ޓްރޭނިން ފެށުމުގެ ކުރިން، ޓީމުގެ އޮފިޝަލުން ނާއެކު 2003 ވަނަ އަހަރު ---

"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މި ތިބެނީ ޓްރޭން އެންމެ ދެ ޑޮކްޓަރުން. އެހެންވީމަ ޝަކީބަށް ދައްކައިގެން ކުޅުންތެރިން ވެސް ހިތްހަމަޖެހެނީ. އެކަމަކު އެބޭފުޅާ އެހާ ބިޒީވީމަ މިހާރު އެކަމެއްނުވޭ. މިއީ އެފްއޭއެމުން ވެސް ވިސްނާލަންޖެހޭކަމެއް. އެފްއޭއެމުގައި ކުޅުންތެރިންނަށް ބޭސްކުރެވޭ ރަނގަޅު ޑިޕާޓްމަންޓެއް ހުރެމެ ފަރުވާ ނުދިނުން. ދެން ޝަކީބު އެކަންޏަކު ވެސް މިކަމެއްނުވާނެ،" ޝަކީބާއެކު ގައުމީ ޓީމުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރި ސާންތީ ބުންޏެވެ.

އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި، ޑރ. އަހުމަދު ޝަކީބަކީ ރާއްޖޭގެ އިތުރުން މި ސަހަރައްދުގައި ވެސް ހުރި ސްޕޯޓްސް މެޑިސިންގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ އެވެ. އޭނާގެ އެހީއަށް ސަރަހައްދީ ގައުމުތަކުން ވެސް ދޭތެރެދޭތެރެއިން އެދެއެވެ. މި ގޮތުން އެންމެ ފާހަގަ ކުރެވެނީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިޔާގެ ކުޅުންތެރިއަކަށް އަނިޔާވެ، އޭނާއަށް ނުކުޅެވޭނެ ކަމަށް އިންޑިޔާގެ ޑޮކްޓަރުން ވެސް އުއްމީދު ކަނޑާލި ކުޅުންތެރިއަކު ޝަކީބު ފަރުވާކޮށްގެން ޖެހިގެނއ އައި މެޗަށް ދަނޑަށް ނެރުމެވެ.

ޝަކީބު މިވަގުތުވީ އިންޑިޔާ އެވެ. އެއީ އޭއެފްސީ ސްޕޯޓްސް މެޑިސިންގެ ސެމިނާގައި ބައިވެރިވުމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑޮކްޓަރެޢް؟

އަންހެނުންގެ ޑޮކްޓަރު އަދި ކުޑަކުދިންގެ ޑޮކްޓަރު އަތުގާ މެޑިކަލް ޑިގްރީ އޮވޭ. ނަމަވެސް ދައްކަން އެއްމެ ހިތްއެދޭ ޑޮކްޓަރުގެ....؟؟؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345