އެފްއޭއެމް

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފައިނަލްގައި ވާދަކުރާނީ މާޒިޔާ އަދި އީގަލްސް

މާޒިޔާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަދަދު ސްޕޯޓްސް
0%
0%
0%

ޒުވާން ކުޅުންތެރިންގެ ހުނަރު ފެންނާނެހެން ބާއްވަމުން ގެންދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ފައިނަލްގައި ގަދަ ދެ ޓީމު ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. އެއީ މާޒިޔާއާއި އީގަލްސް އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި، ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވުމަށްފަހު މާޒިޔާ ވަނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ޕެނަލްޓީ ޝޫޓައުޓުން 4-3 އިން މޮޅުވެފަ އެވެ.

އީގަލްސް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަދަދު ސްޕޯޓްސް

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއަށް ލީޑު ނަގައިދިނީ ޓީމުގެ އެންމެ މުހިއްމު ފޯވާޑް މުހައްމަދު އިލާން އިމްރާން އެވެ. ނަމަވެސް އޮޑި ސްޕޯޓްސްއިން ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އަހުޒަމް ރަޝީދު ވަނީ ހާފުގެ މެދުތެރެއިން ލިބުނު ސީދާ ހިލޭޖެހުމަކުން ނަތީޖާ އެއްވަރުކޮށްފަ އެވެ.

ދެވަނަ ހާފުގައި އަނެއްކާވެސް އަހުޒަމް ވަނީ ސަޕޯޓަރުން އުފާކޮށްދީފަ އެވެ. އޭރިއާ ބޭރުން އޭނާ ދިން ވަރުގަދަ ހަމަލާއަކުން އޮޑި ސްޕޯޓްސްއަށް ލީޑު ނަގައިދިނެވެ. ނަމަވެސް މާޒިޔާއިން ފަހު ވަގުތު ހިތްވަރުކޮށް އިލާން ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910