ވިޒިޓް މޯލްޑިވްސް

"ސާޓޭ ޖެންއެކްސް" ގައި ރާއްޖެ ބައިވެރިވެއްޖެ

Sep 25, 2021

އިންޑިއާގައި ބާއްވާ ފަތުރުވެރިކަމާ ގުޅުންހުރި ވާޗުއަލް އެގްޒިބިޝަން "ސާޓޭ ޖެންއެކްސް" ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މި އެގްޒިބިޝަނުގައި ރާއްޖެ ތަމްސީލު ކޮށްދީފައި ވަނީ ވިޒިޓް މޯލްޑިވްސް އަދި އިންޑަސްޓްރީގެ ޕާޓުނަރުންނެވެ. މި އިވެންޓް ބާއްވާފައި ވަނީ އިންޑިއާގެ ބޯޑަރު އަލުން ހުޅުވައިލާ، ފަތުރުވެރިކަން ފަށައިފައިވާ ދުވަސްވަރާ ދިމާކޮށެވެ.

މި އެގްޒިބިޝަންގެ އެންމެ ބޮޑު ބޭނުމަކީ ފަތުރުވެރިންގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން އެއް ޕްލެޓްފޯމަކަށް ގެނެސް، ގުޅުން ބަދަހިހުކުރުމުގެ ފުރުސަތުތައް އިތުރުކޮށްދިނުމެވެ.

މި އިވެންޓުގައި ވިޒިޓް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އަދި އެކަމަށް ހާއްސަ ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅައިދީފަ އެވެ.