އަބްދުﷲ ޖާބިރު

ޖާބިރަށް ހަމަލާދިން މީހުންގެ ބަންދަށް ހަތް ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާއަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އެ ދެ މީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތު ޖަހައިފައިވާ ކަމަށެވެ. ޖާބިރަށް ހަމަލާދީގެން މިިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްއަކީ ޖާބިރުގެ ވިޔަފާރިއެކެވެ. އެހެންވެ އޭނާ ވަރަށް ގިނައިން އެ ރަށަށް ވަޑައިގަންނަވަ އެވެ. މިމަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންްނެވީ ގެސްޓްހައުސް ބައްލަވައިލެއްވުމަށެވެ. ނަމަވެސް ރަށުގެ ވަރަށް ގިނަ ބަޔަކު ނުކުމެ ޖާބިރާ ދެކޮޅަށް ވަނީ އަޑުއުފުލާފަ އެވެ. އަދި ޖާބިރު އެ ރަށުން ފައިބަން ގޮވާލާ އިހުތިޖާޖު ކުރި އެވެ. އެ ހަމަނުޖެހުގެ ތެރެއިން ބަޔަކު ވަނީ ޖާބިރަށް ހަމަލާ ވެސް ދީފަ އެވެ.

ފަހަކަށް އައިސް ޖާބިރަށް ބޮޑެތި ބަދަލުތަކެއް އައިސް އޭނާގެ ފަރާތްޕުޅުން ތަފާތު އެތައް ކަމެއް ފެންނަމުން ވެސް ދެ އެވެ.