މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫ މާރާމާރީ: ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި މާރާމާރީއެއް ހިންގާ ދެ މީހަކު ޒަހަމުކޮށްލި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ. މިއީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާއެކެވެ.

ފުލުހުން ދެންމެ ބުނީ މާރާމާރީ ހިންގުމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އެއީ 27 އަހަރުގެ ދެ ފިރިހެނުންނެވެ. އެއީ ދިވެހިން ކަމަށްވެސް ބުންޏެވެ.

އެ މާރާމާރީ ހިންގާފައިވަނީ ދުއްވާފައިދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

މާރާމާރީގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިިރިހެނަކާއި 23 އަހަރުގެ އަންހެނަކަށެވެ.

ހަމަ އެ ދުވަހު އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ވެސް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައިވެއެވެ.