މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫ މާރާމާރީ: ހައްޔަރުކުރި މީހުންގެ ބަންދަށް 10 ދުވަސް

Sep 26, 2021

އައްޑޫ ސިޓީގައި މާރާމާރީއެއް ހިންގާ ދެ މީހަކު ޒަހަމުކޮށްލި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ. މިއީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާއެކެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގުމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އެއީ 27 އަހަރުގެ ދެ ފިރިހެނުންނެވެ. އެއީ ދިވެހިން ކަމަށްވެސް ބުންޏެވެ. އެ މީހުންގެ ބަންދަށް މިއަދު ވަނީ 10 ދުވަސް ޖަހާފައެވެ.

އެ މާރާމާރީ ހިންގާފައިވަނީ ދުއްވާފައިދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

މާރާމާރީގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިިރިހެނަކާއި 23 އަހަރުގެ އަންހެނަކަށެވެ.

ހަމަ އެ ދުވަހު އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ވެސް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައިވެއެވެ.