ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މި މަހު ފަސްވަނަ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ދެންމެ ބުނީ ކޮވިޑްގައި މިއަދު މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެއީ ށ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއީ މި މަހުގެ ފަސްވަނަ މަރެވެ. އަދި ރާއްޖޭގެ 231 ވަނަ ކޮވިޑް މަރެވެ. ކޮވިޑްގައި އިއްޔެވެސް މީހަކު މަރުވިއެވެ. އެއީ އުމުރުން 46 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މި މަހުގެ 17 ވަނަ ދުވަހު މަރުވީ 87 އަހަރުގެ ދިވެއްސެކެވެ. އެއީ ފިރިހެނެކެވެ.

ގދ. ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި 89 އަހަރުގެ ދިވެހި ފިރިހެނަކުވެސް މި މަހުގެ 16 ވަނަ ދުވަހު މަރުވެފައެވެ. 23 ވަނަ ދުވަހު ދެ މީހަކު މަރުވިއެވެ. އެއީ އުމުރުން 92 އަހަރުގެ ދިވެހި އަންހެނަކާއި އުމުރުން 92 އަހަރުގެ ދިވެހި އަންހެނެކެވެ.

އޮގަސްޓް 22 ގައި މަަރުވީ އުމުރުން 75 އަހަރުގެ އަންހެނެކެވެ.

މީގެ އިތުރުން ދިވެހިންގެ ބޮޑު އާބާދީއެއް އޮތް އަވައްޓެރި ސްރީލަންކާގައިވެސް ކޮވިޑް ޖެހިގެން ދިވެއްސަކު މި މަހު މަރުވިއެވެ.