ދުނިޔެ

ޔޫއޭއީ ކެބިނެޓަށް ބަދަލުތަކެއް

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކެބިނެޓަށް ބޮޑުވަޒީރު، ޝެއިޚް މުހައްމަދު ބިން ރާޝިދު އަލްމަކްތޫމް ބަދަލުތަކެއް ގެންނަވައިފި އެވެ. މިބަދަލުތަކުގެ ތެރޭގައި މާލީ ވަޒީރުގެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސެވުމާއި ތިމާވެއްޓަށް މިނިސްޓަރަކު ހަމަޖެއްސެވުން ހިމެނެ އެވެ.

މާލީ ވަޒީރުގެ މަސްއޫލިޔަތު ހަވާލުކުރެއްވީ ޝެއިޚް މަކްތޫމް ބިން މުހައްމަދު ބިން ރާޝިދު އަލްމަކްތޫމަށެވެ. ތިމާވެށި ހަވާލުކުރެއްވީ މަރްޔަމް އަލްމުހައިރީ އަށެވެ. މިނިސްޓަރު އޮފް ސްޓޭޓް ފޮ ފޫޑް ސެކިޔުރިޓީގެ ޒިންމާތައް އަދާކުރައްވަނީ ވެސް މަރްޔަމް އަލްމުހައިރީ އެވެ.

ބޮޑުވަޒީރު މުހައްމަދު ބިން ރާޝިދު އަލްމަކްތޫމް ކެބިނެޓް ބަދަލުކުރައްވައި ވަޒީރުންނަށް އާ މަސްއޫލިއްުޔަތު ހަވާލުކުރެއްވިކަން ވަނީ ޓްވީޓްކުރައްވާފަ އެވެ. ޔޫއޭއިގެ ކެބިނެޓަށް ބަދަލު ގެނައުމުގެ ބޭނުމެއް ކަމަށް ބުނެެވެނީ ދުނިޔެއަށް ހުޅުވެމުން އަންނަ އާދަތަކަށް ދުބާއީ ހުޅުވާލުމެވެ.

ޔޫއޭއީ އަކީ ދުނިޔޭގެ ތަރައްގީގައި ފަހަތަށް ނުބަލާ ގައުމެކެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުން އުންމީދަކީ ކޮންމެ އަހަރަކަށް ލަނޑުދަނޑިއެއް ކަނޑައަޅައި ހާސިލުކުރުމެވެ. އޭނާ އަދި ވިދާޅުވީ މަގުސަދު ހާސިލުކުރެއްވުމުގައި ވަޒީރުންނަކީ ދުވެލި ބާރު ބޭފުޅުންނަށް ވާންޖެހޭ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުން ސަރުކާރުގެ އޮނިގަނޑަށް ބަދަލުގެންނެވި ގޮތަށް ސަރުކާރު ހިންގެވުން ވެސް ބަދަލުކުރައްވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެންމެ ޒަމާނީ ސަރުކާރެއް ގާއިމުކުރައްވާނެ ކަމަށެވެ.

ޔޫއޭއީ އަކީ ހަނަފަސް ސަހަރާތައް ޖެހިލުމެއް ނެތި އެމެރިކާ ޑޮލަރަށް ބަދަލުކުރާ ގައުމެކެވެ. އަދި ކަނޑު ލޮނުގަނޑުގައި އިންވެސްޓްކޮށް އަދި ފެން ނެތް ތަންތަނަށް ފެންއަޅައި ފެން ހުރި ތަންތަނުން ފެން ހިއްކައި އިންވެސްޓަރުންނަށް ދައުވަތުދޭ ގައުމެކެވެ.