ދުނިޔެ

އީިރާނަކީ އިތުބާރުކުރެވޭ ގައުމަކަށް ވާންޖެހޭ: ކުވޭތު

އީރާނަކީ ސަރަހައްދީ ގައުމުތަކުން އިތުބާރުކުރާ ގައުމަކަށް ވާންޖެހޭ ކަމަށް ކުވޭތުގެ ބޮޑުވަޒީރު ޝޭޚް ސަބާހް ޚާލިދު އަލްހަމަދު އަލްސަބާހް ވިދާޅުވެއްޖެ އެވެ. ބޮޑުވަޒީރު އީރާނަށް ގޮވާލައްވާފައިވަނީ އެކުވެރި ގައުމުތަކަށް އިހްތިރާމްކުރުމާއެކު ޝައްކުކުރެވޭ ހުރިހާ ކަމަކުން ދުރުހެލިވުމަށެވެ.

ގަލްފު ސަރަހައްދު އަމާން އޮމާންކޮށް ބޭއްވުމަށް ސީރިއަސް މަޝްވަރާތަކަށް އީރާން ހުޅުވެން ޖެހޭ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޖެއްސުންކުރުމަކީ އީރާނުން ނުކުރާނެ ކަމެއްކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ މަސްލަހަތު ނަގާލާ ބަޔަކަށް އީރާން ނުވާކަން ސާބިތުކޮށްދޭން ޖެހޭ ކަމަށާއި ކަނޑުމަތިން އަދި ވައިން ވެސް އެހެން ބަޔަކަށް އުނދަގޫކޮށްގެން ނުވާނެ ކަމަށެވެ.

ޝެއިޚް ސަބާހް ވިދާޅުވި ގޮތުގައި ގަލްފް ސަރަހައްދު މަސްލަހަތުވެފައި އޮތުމަކީ އީރާނަށް ވެސް ފައިދާކުރާނެ ކަމެއް ކަމަށާއި އެކަހެރިވެ ދިއުމަށް ފުރުސަތު ދިނުމަކީ ބޭކާރު ކަމެއް ކަމަށެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމަށް އަލިއަޅުވާލައްވައި ބޮޑުވަޒީރު ވިދާޅުވީ މެދުއިރުމައްޗަކީ ނިއުކްލިއާ ވެއްޓަކަށް ވެދާނެ ކަމަށް އޮތް ބިރު ބޮޑު ކަމަށެވެ. އަދި ނިއުކްލިއާ ބާރު ހުރި ގައުމުތަކުން މަސްލަހަތަށް ލޯބިކުރަން ޖެހޭ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ މެދުއިރުމަތި ހަލާކުވެގެން އެދަނީ ސަރަހައްދީ ގައުމުތަކުގެ ސިޔާސަތުގެ ސަބަބުން ކަމަށާއި ފަލަސްތީނަށާއި ޔަމަން އަމާންތަނަކަށް ހެދެން އޮތީ ސަރަހައްދީ ގައުމުތަކުން ސީރިއަސްކޮށް މަޝްވަރާކޮށްގެން ކަމަށެވެ.