ޖޭއެސްސީ

ފަނޑިޔާރު ފަރްހީޒާގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރްހީޒާއާ ގުޅޭގޮތުން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް އޭނާގެ މައްސަލަ ބެލި ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބުނެފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ފަރުހީޒާއާ ގުޅޭ ގޮތުން ބެލީ އޭނާ ކުރިން ސ. ފޭދޫގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގައި ހުންނެވިއިރު އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ.

ފަރްހީޒާގެ މައްސަލަ ބެލުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު ޖޭއެސްސީން ނިންމީ ފަރުހީޒާގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށެވެ.

ފަރްހީޒާގެ މައްސަލަ ބަލައި ނިންމި ނަމަވެސް ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގެ ތަފްސީލެއް އެ ކޮމިޝަނުން ނުދެ އެވެ.

ފަރުހީޒާ ހައިކޯޓުގެ ފަނޑިޔާރުކަަމަށް އައްޔަނުކުރެއްވީ މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭނާ ވަނީ މެލޭޝިއާ އިސްލާމިކް ޔުނިވާސިޓީން، ކޯޕަރޭޓް ލޯގެ ދާއިރާ އިން މާސްޓާސް ޑިގްރީ ވެސް ހާސިލުކުރައްވާފަ އެވެ.