ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަންކޮށްފި

Nov 29, 2015
1
ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް މިއަދު އައްޔަން ކުރެއްވި ބޭފުޅުން
0%
0%
0%

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިއަދު މެންބަރުން ޢައްޔަން ކުރައްވައިފިއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުންނަކީ، ގ. މާވާރުލު، ހަސަން ޒުހައިރު މުޙައްމަދާއި، ލ. މާވަށު، ނަލަމަލަ ނަޞްރުﷲ ޖަމީލާއި، ގ. ގޮފި، ފާޠިމަތު މިންޙަތު ޢިއްޒަތާއި، ގދ. ހޯނޑެއްދޫ ވައިލެޓްފެހި، އާމިނަތު ފަރީޝާއާއި، މއ. ޕެންޒީވިލާ އައިޝަތު އައިޝަތު ޢަޒުފާ ޢަބްދުލްޣަފޫރެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުސްތަފާ

ތިތާގަ ނެތޭ އިނގޭތޯ ޓެކްނިކަލް ފެންވަރުގަ ޓެކްސް އަކީ ކޮބާކަން އެނގޭ އެކަކުވެސް. ހިތާމަހުރި.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910