ޖިންސީ ފުރައްސާރަ

ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އަވަސް އަށް ވިދާޅުވީ އެފަދަ މައްސަލައެއް މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި އަދި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޓީޗަރު މިވަގުތު ހުރީ 30 ދުވަހުގެ ސަސްޕެންޝަނެއްގައި ކަމަށް ވެސް އަހްމަދު ވިދާޅުވި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވެނީ އިންޑިއާ ޓީޗަރަކަށެވެ. އަދި ޖިންސީ ގޯނާ ލިބުނީ ގްރޭޑް 10 ގެ ދަރިވަރަކަށެވެ.

މައްސަލައާ ގުޅޭ އިތުރު ތަފްސީލެެއް އެޑިޔުކޭޝަން މިނިސްޓްރީން ނުދެ އެވެ.