މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ކުއްޖަކާމެދު އަމަލުކުރި ގޮތުން މުވައްޒިފަކު ސަސްޕެންޑް

ގދ. ތިނަދޫގައި ޖެންޑާ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާމެދު އަމަލުކުރި ގޮތުން މުވައްޒިފަކު ސަސްޕެންޑްކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދެކުނުގެ އަތޮޅެއްގައި ހުރި ކުއްޖެއް ރޭގެ ވަގުތެއްގައި، އެކުއްޖާ ހުރި ރަށުގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށެވެ. އެއީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެއް ކަމަށްވެސް ބުންޏެވެ.

"ކުއްޖާގެ ހާލު މިވަގުތު ރަގަޅު، އަދި ސްޓޭބަލް. މިކަމާއި ގުޅިގެން މި ސަރވިސް އިން ބަލަން ޖެހޭ ކަންކަން ހުރިކަމަށް ފެންނާތީ އެކަންކަން ބަލަން މިހާރު ވަނީ ފަށާފަައި. މިކަމުގެ މައުލޫމަތު އޮމްބަޑްސް ޕާސަންއާ ވަނީ ހިއްސާ ކުރެވިފައި،" އިހުމާލުތަކުގެ ސަބަބުން ތުހުމަތުތައް ބޮޑު ޖެންޑާއިން ބުންޏެވެ.

އަދި އެ ކުއްޖާގެ ކަންކަމާއި ގުޅިގެން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން އެ ކަންކަން ބަލާ ނިމެންދެން މުވައްޒިފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. މި މުވައްޒިފު ސަސްޕެންޑް ކޮށްފައިވަނީ ކުއްޖާއާ މުއާމަލާތް ކުރަން ޖެހޭ މޭރުމާއި ހިލާފަށް މުއާމަލާތް ކުރުމާއި ކުއްޖާ ބެލެހެއްޓުމުގަިއ ކުއްޖާއާމެދު އަމަލު ކުރަން ނުޖެހޭ ގޮތަށް އަމަލުކޮށްފައިވާތީ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއެވެ.