ދެކުނުގެ އަތޮޅެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި މައްސަލައިގެ ތުހުމަތުގައި 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ މެދު ގޮތެއް ނިމެންދެން ފިރިހެން މީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާތީ މައްސަލައާ ގުޅޭ އިތުރު ތަފްސީލް ހިއްސާކުރެވެން ނެތް ކަމަށެވެ.
ދެކުނުގެ އަތޮޅެއްގައި އިންޑިއާ ޓީޗަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް މިހާރު ވަނީ ފެންމަތިވެފަ އެެވެ. އެ މައްސަަލައިގައި ތުހުމަތުކުރެވޭ ޓީޗަރު މިހާރު ހުރީ 30 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.