ޖިންސީ ފުރައްސާރަ

ޕްރީ ސްކޫލެއްގެ މުވައްޒަފަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

Oct 16, 2021
4
މާލޭގެ ސްކޫލެއްގެ ތެރޭގައި ދަރިވަރަކު މަޑުކޮށްލައިގެން -- ފޮޓޯ: އަވަސް
0%
50%
50%

މާލޭގެ ޕްރީސް ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން މީޑިއާ އޮފިސަރު ވިދާޅުވީ މާލޭގެ ސްކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އެކަމަކު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މާލޭގެ މަޝްހޫރު ސްކޫލެއްގެ ތެރޭގައި މި ހާދިސާ ހިނގާފައިވަނީ މީގެ ތިން ހަތަރު ދުވަހެއް ކުރިންނެވެ.

ޖިންސީ ގޯނާގެ ޝިކާރަ އަކަށްވީ ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ސްކޫލުގައި މަސައްކަތް ކުރާ އަންހެނެކެވެ.

ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ކުއްޖާ ފާހާނާ އަށް ދިޔަ ވަގުތު ކަމަށް މައުލޫމާތު ލިބެ އެވެ.

ޖިންސީ ގޯނާގެ ސަބަބުން ކުއްޖާ އަށް ޖިސްމާނީ އަނިޔާތަކެއް ލިބި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށްވެސް އަވަސް އަށް އެނގިފައިވެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަރ،ީ

ގަލޮޅު މަދުރަސާގަ މިދިޔަ ބުރާސްފަތި ނޫނީ ބުދަ ދުވަހު ހިނގި ކަމެއް

ޙހގފފ

މިއީ ކޮން ސުކޫލެއްކަން ކުޑަކުދިންގެ ރައްކަލަށްޓަކއި ބުނެދެވެންޖެހޭނެ. ކުޑަކުދިންނަށްޖިންސީ ގޯނާކުރާމިހުން ފޮރުވުމަކީ މިގައުމުގަ އާއްމުކަމެއް

ޙަގެނެ

މީ ކޮން ސްކުލެއް؟

ހެވެެއްނު ކޮންމެ މީހަކަސް

ކޮބާ ސްކޫލްގެ ނަން.. މިކަންކަން ސިއްރު ކުރެވިގެން ނުވާނެ.. ދަރިން މި ފޮނުވަނީ ވަރަށް އިތުބާރު ކޮއްފަ. މި ކޮން ސްކޫލެއްގައި ހިނގި ކަމެއްކަން ފާޅުކުރޭ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910