ޕީޕީއެމް

ކައުންސިލަރު ނަހްލާ އަށް ޕީޕީއެމްގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތް ހަދައިފި

Sep 27, 2021
3

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ ކައުންސިލަރު ނަހްލާ އަލީ ސަސްޕެންޑް ކޮށްފި އެވެ.

ޕީޕީއެމުން 2024 ވަނަ އަހަރުގެ ނިޔަލަށް ބާއްވާ އެއްވެސް އިންތިހާބެއްގައި ނަހްލާ އަށް ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަން ޕީޕީއެމުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ޕީޕީއެމުން ނަހްލާ އަށް ފިޔަވަޅު އަޅާފައިވަނީ އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އޭނާ އަމަލުކުރެއްވި ކަމަށް ނިންމުމަށްފަހު އެވެ.

އެކަމަކު ނަހްލާ އަށް ފިޔަވަޅު އެޅި މައްސަލައާއި ގުޅޭ އެއްވެސް ތަފްސީލެއް ޕީޕީއެމުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ނަހްލާއާ ދެކޮޅަށް ފިޔަވަޅު އަޅަން ޕީޕީއެމުން ނިންމީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގައި އޭނާ ޕާޓީގެ ނިންމުންތަކާ ދެކޮޅަށް އަމަލުކުރެއްވުމުންނެވެ.

މާލެ ސިޓީ ކައުންސިލްގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް ނަމަވެސް ޕީޕީއެމްގެ އެހެން ކައުންސިލަރުންނާއި ނަހްލާއާ ގުޅުން ކުޑަ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސް އަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ މާލޭގެ ކައުންސިލަރަކު ވަނީ ވިދާޅުވެފަ އެވެ.