ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނިއުޔޯކު ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސްގެ ދެކަނބަލުން ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބައި ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އ.ދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އދގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހް ތަގްރީރު ކުރައްވާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ރައީސް ތަގުރީރު ކުރެއްވީ ދިވެހި ބަހުންނެވެ. ރައީސްގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ވެސް ވަނީ ބާއްވަވާފަ އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމަކީ ރާއްޖެ، އދ އާ ގުޅުނުތާ މިވީ ދިގު ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިއްމު ކާމިޔާބީއެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގެންފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345