ފޮރިން މިނިސްޓްރީ

އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ޝިފާނާ

ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ހެންވޭރު ޓިވެގާލައިޓް، އާމިނަތު ޝިފާނާ ވަނީ އައްޔަން ކުރައްވާފައި --
0%
0%
0%

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ހެންވޭރު ޓިވެގާލައިޓް، އާމިނަތު ޝިފާނާ އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް އާމިނަތު ޝިފާނާ އައްޔަން ކުރައްވާފައިވާ ކަމަށެވެ. ޝިފާނާ މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ފޮރިން އެފެއާޒްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ޖަނަވަރީ 20، 2020 ގައެވެ.

އޭގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯސަލް ސާވިސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމާއި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގައި އިސްމަގާމުތައް ފުރުއްވާފައިވެއެވެ.

ޝިފާނާ ވަނީ މެލޭޝިއާގެ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލު ކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345