މުހައްމަދު އަލީ ޖަނާހް

ކޮންސްޓްރަކްޝަން ދާއިރާއަށް ބަދަލުކޮށްލެއްވީ ރައީސް ޔާމީން: ޖަނާ

Nov 29, 2015

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއެކު ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބަދަލުތައް އައި ފައިދާތައްކޮށްފި ކަމަށް މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވެއްޖެ އެވެ.

"ރައިވެރިބޭ މައިޒާން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަނާ ވިދާޅުވީ ކޮންސްޓަކްޝަން އިންޑަސްޓްރީއަށް ދިމާވެފައިވާ ވަރަށް ގިނަ ގޮންޖެހުމާއި ދަތިތައް ރައީސް ޔާމީންގެ ސަރުކާރާއެކު ހައްލު ކޮށްދެއްވާފައިވާ ކަމަށެވެ. އަދި މަސީ ވެސް އޮތ ސަރުކާރަށް އެހީވެދޭން ތައްޔާރަށް ކަމަށެވެ.

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ކޮންސްޓުރަކްޝަން އިންޑަސްޓުރީ އޮތީ ވަރަށް އުނދަގޫ ދަތި ހާލެއްގައި. އަޅުގަނޑުމެންގެ ކޮންޓުރެކްޓަރުން އުނދަގޫ ދަތި ދުވަސްތަކެއް ވޭތު ކުރަމުން. ނަމަވެސް ރައީސް ވަނީ ކޮންސްޓުރަކްޝަން އިންޑަސްޓްރީއަށް ބަދަލުތައް ގެނެދެއްވާފައި." ޖަނާ ވިދާޅުވ އެވެ. " އެގޮތުން ފުރަތަމަ ފަހަރަށް ކޮންސްޓުރަކްޝަން އިންޑަސްޓުރީއަށް ބޭނުންވަ އެޑްވާންސް ޕޭމަންޓު ގެރެންޓީ އާއ ޕާފޯމަންސް ގެރެންޓީގެ މައްސަލަ ވަނީ ހައްލުކޮށްދެއްވާފައި،"