ދުނިޔެ

ސެމްސަންގް ގެލަކްސީ 5ޖީ ބަޖެޓް ފޯނެއް

މިއީ ސެމްސަންގް ގެލަކްސީ އެމް52 5ޖީ އެވެ. ސެމްސަންގުން މިފޯނު މާކެޓްކުރަނީ ބަޖެޓް ފޯނެއް ގޮތުގަ އެވެ. އެކަމަކު ފޯނުގެ ސްޕެސިފިކޭޝަނަށް ބަލައި މިއީ ބަޖެޓް ފޯނެއް ކަމަށް ބުނެވޭނެ ގޮތެއް ނެތެވެ.

މި ފޯނުގެ ސްކްރީން ސައިޒަކީ 6.7 އިންޗި އެވެ. ފޯނުގައި އިންނަނީ ސުޕާ އެމޮލެޑް ޕްލަސް ސްކްރީނެކެވެ. ރިޒޮލިއުޝަނަކީ 1080 ގުނަ 2400 އެވެ. ސްކްރީން ރީފްރެޝް ރޭޓަކި 120 ހާޓްޒް އެވެ.

ފޯނުގެ ރޭމް 6ޖީބީ އެވެ. އިންޓާނަލް ސްޓޯރޭޖް 128 ޖީބީ އެވެ. ސެމްސަންގުން ބުނަނީ ވަންޓިބީ އަށް ފޯނުގެ ސްޓޯރޭޖް މަތިކުރެވޭނެ ކަމަށެވެ.

ސްމާޓް ފޯނުތައް ދަރަޖަކުރުމުގައި ފޯނުގެ ކެމެރާ ވެސް މުހިއްމު ދައުރެއް އަދާކުރެ އެވެ. ގެލަކްސީ އެމް52 ގައި – ފަހަތުގައި ތިން ކެމެރާ އިނދެ އެވެ. ބާރުގަދަ މައި ކެމެރާ 64 މެގަޕިކްސެލް އެވެ. ބެޓެރީ ސައިޒަކީ 5،000 އެމްއޭއެޗް – 25ވޮޓް ޗާޖިން ސަޕޯޓްކުރެ އެވެ.

ދެން ހުރި އެހެން ފިޗާތަކުގެ ތެރޭގައި ދެ ސިމް ކާޑް ބޭނުކުރެވެ އެވެ. އެންއެފްސީ، ފިންގާޕްރިންޓް އަދި ޑޮލްބީ އޯޑިއޯ ހިމެނެ އެވެ.

އެމް52 ޗާޖިން ކޭބަލް އުފައްދާފައި ވަނީ ޔޫފަށް ކަމުދާ ގޮތަށް ދެކޮޅު ޓައިޕްސީ ކަނެންޓަރާއެކު އެވެ.