ޓެކްނޯލޮޖީ

ގެލަކްސީ ސްމާޓްފޯންތަކަށް ވަކި ޕްރޮސެސާއެއް

ސެމްސަންގް ގެލަކްސީ ޑިވައިސްތަކަށް، ހަމައެކަނި ގެލަކްސީ ޑިވައިސްތަކަށް ހާއްސަ ޕްރޮސެސާއެއް އުފައްދާނެ ކަމަށް، ސެމްސަންގް އިލެކްޓްރޯނިކްސްގެ ރައީސް ޑރ. ޓީއެމް ރޯ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަލަށް އުފައްދާ ޕްރޮސެސާގައި ގެލަކްސީ ސްމާޓް އާލާތްތަކަށް ބޭނުންނުވާ ފީޗާއެއް ނުހިމަނާނެ އެވެ.

ސެމްސަންގުން މިހާރު ވެސް ސްމާޓް ޑިވައިސްތަކަށް ޕްރޮސެސާ އުފައްދަ އެވެ. ސެމްސަންގުން އުފައްދާ އެގްޒިނޮސް ސީރީޒް އަކީ ވެސް އަހަރެމެންނަށް ހީވެފައި އޮންނަ ގޮތުގައި މުޅިން ގެލަކްސީ ފޯނުތަކަށް ޚާއްސަ ޕްރޮސެސާ އެކެވެ.

އެހެން ނަމަވެސް، ބައެއް ފަހަރު ސްމާޓްފޯން ނޫން ޑިވައިސްތަކުގައި ވެސް އެގްޒިނޮސް ޗިޕް ބޭނުން ކުރާ ކަމަށް ވެއެވެ. އަދި ޗައިނާގެ މަޝްހޫރު ސްމާޓްފޯން މަރުކާތައް، ވީވޯ އާއި މެއިޒޫ ފޯނުތަކުގައި ވެސް އެގްޒިނޮސް ޕްރޮސެސާ ބޭނުންކުރާ ކަމަށް ސެމްސަންގުން ވަނީ ބުނެފަ އެވެ.

ގެލަކްސީ ސްމާޓް ޑިވައިސްތަކަށް ވަކި ޕްރޮސެސާއެއް އުފައްދާ ވާހަކަ ކުންފުނި ތެރޭގައި މާގިނައިން ދެކެވެން ފެށި ސަބަބެއް ކަމަށް ވަނީ، އެގްޒިނޮސް ޗިޕްތައް އިންނަ ގެލަކްސީ ފޯނުތަކަށް ބައެއް ފަހަރު ދިމާވާ މައްސަލަތަކުގެ ސަބަބުންނެވެ.

ސްމާޓްފޯން ބައެއް ފަހަރު މާބޮޑަށް ހޫނުވުމާއި ކުރަން ބުނާ ކަމެއް ކުރުމުގައި ކުރިން އެނގިފައި ނުވާ ވަރަށް ވުރެ އިތުރަށް ވަގުތު ނެގުން -- ޑިލޭވުން އަދި ސްކްރީން ހުއްޓި ތައްވާ ހާލަތު މެދުވެރިވާތީ އެވެ.

ސެމްސަންގްގެ ރައީސް ވިދާޅުވި ގޮތުގައި ގެލަކްސީ ޑިވައިސްތަކަށް ބޭނުންުވާ "އިންސްޓްރަކްޝަން" ތައް ޕްރޮސެސާއިން އުނި ކުރުމުން ފޯނުގެ މަސައްކަތް ހަލުއިވާނެ ކަމަށާއި ކޫސަނި މައްސަލަތަކުން ވެސް ސަލާމަތްވާނެ ކަމަށެވެ.