ބިލެތްފަހި

ބިލެތްފަހި ބަނދަރުގެ މަސައްކަތް ކުރިއަށް

Sep 28, 2021

ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސުޕީޑްގައި ކުރިއަށްދާ ކަަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ފެށުމަށް ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލަ ޕްރޮޖެކްޓް ސައިޓަށް މިއަދު ގެންދެވިފައިވާ ކަމަށެވެ. މި މަސައްކަތް ދަށުން 24125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރާނެ އެވެ. އަދި 376 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލާނެ އެވެ.

މީގެ އިތުރުން 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1150 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމަށާއި މަގުބައްތި ހަރުކުރުމައް ވެސް ނިންމާފައިވާ ކަަމަށް އެމްޓީސީސީން ބުންޏެވެ.

މި މަސައްކަތަކީ 28.42 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.