ޑރ. އިބްރާހިމް ހަސަން

"އުއްމީދަކީ 2023 ގައި ދިއްދޫ ޖޫނިއާ ކޮލެޖު ފެށުން"

ހދ. ދިއްދޫގައި ޖޫނިއާ ކޮލެޖު ގާއި މުކުރުމުގެ މަސައްކަތް ފަށައި 2023 ގައި އެ ކޮލެޖުގައި ކިޔަވައި ދެވޭނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދިއްދޫގައި ޖޫނިއާ ކޮލެޖު ގާއިމު ކުރުމާ ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާ ސުވާލު ކުރުމަށް އެޑިވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެެވެ.

ވަހީދު އެއްސެވީ ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި މިދިއަ އަހަރާއި މިއަަހަރުގެ ބަޖެޓުގައި ވެސް އެ ޕްރޮޖެކްޓް ހިމެނިފައި އޮތް ނަމަވެސް މަސައްކަތް ފެށިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ކޮލެޖުގެ އަމަލީ މަަސައްކަތް ފަށައި އެތަނުގައި ކިޔަވައިދޭން ފެށޭނީ ކޮން އިރަކުންތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިއްދޫގައި ޖޫނިއާ ކޮލެޖު ގާއިމު ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 1.6 މިލިއަން އަދި މި އަހަރު ތިން ލައްކަ ރުފިޔާ ހިމެނި ކަމަށެވެ. އެ ޕްރޮޖެކްޓް ފަށަން ނިންމާފައި ވަނީ ކަރިިކިއުަލަމް ވެސް ރަނގަޅަށް ޑިވޮލޮޕްލޮށް ތަނުގެ ކޮންސެޕްޓްވެސް ޑިޒައިންކޮށް ފުރިހަމައަށް ކަމަށެވެ.

އަދި އެ ކޮލެޖުގައި ކިޔަވައިދޭނެ ހާއްސަ ދާއިރާތައް ކަނޑައަޅަން ދިއްދޫގެ ކައުންސިލްއާއެކު މިއަހަރު މަޝްވަރާ ވެސް ކޮށް ޕްރޮޖެކްޓްގެ ފައިނޭންޝިއަލް ފީސިބިލިޓީ އާއި އިމާރާތަށް ބޭނުންވާ ހަރަދާއެކު ބިން ހޯދުމުގެ މަސައްކަތްކަތް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެ މަޝްރޫއަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް މިހާރު ހުޅުވާލައިފައިވާ ކަމަށާއި މުއްދަތު މި މަހަަށް ހަމަވާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ މި އަންނަ އަހަރު ފަހުކޮޅު މިތަނުގައި ކިޔަވައިދިނުމަށްޓަކައި ކޯސްތަކަށް ކުދިްނ އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު ފެށުން،" މިނިސްޓަރު ވިދާޅުވި އެވެ،