މާލޭގެ ޑެޕިއުޓީ މޭޔަރު، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ރޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވައިފި އެވެ.
ނަރީޝް ވިދާޅުވީ ރޭގެ ވަގުތެއްގައި މެއަށް ވަރަށް ބޮޑަށް ތަދުވާން ފެށުމުން ހޮސްޕިޓަލަށް ވަޑައިގެންނެވީ ކަމަށެވެ.
ހޮސްޕިޓަލުގައި ދިން ފަރުވާއަށް ފަހު މިހާރު ނަރީޝް ވަނީ ގެއަށް ވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ މިހާރު ހާލުކޮޅު ރަނގަޅު ކަމަށެވެ.
ނަރީޝްއަކީ މީގެ ކުރިން ދެފަހަރެއްގެ މަތިން ހާޓް އެޓޭކެއް ވެސް ޖެހިފައިވާ ބޭފުޅެކެވެ. ނަމަވެސް ރޭ އެފަދަ ކަމެއް ދިމާ ނުވާ ކަމަށް ޑޮރްޓަރުން ވިދާޅުވި ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.