އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީ ޝޯރޫމަށް ފަސް އަހަރު

Sep 29, 2021

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ފަސް އަހަރު ފުރުމާއި ގުޅިގެން ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ 2016 ވަނަ އަހަރު ޝޯރޫމް ހުޅުވުމާއެކު ޓްރޭޑިންގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. މި ޝޯރޫމްއިން ފެނާ ނަރުދަމާގެ ދާއިރާއާ ގުޅުންހުރި ދުނިޔޭގެ ފެންވަރުގެ މަޝްހޫރުގެ ބްރޭންޑްތަކުގެ ސާމާނު ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެގޮތުން އާރްއޯ ޕްލާންޓް، މެމްބްރޭންސް، ޕަމްޕް، ޓޭންކް، ޕައިޕްސް، ފިޓިންސް އަދި ފެންމީޓަރާއި އެހެނިހެން ސްޕެއާ ޕާޓްސް ހިމެނެ އެވެ.

މީގެ އިތުރުން އެ ކުންފުނީގެ އައިއެސްއޯ ލެބޯޓަރީ މެދުވެރިކޮށް ރިސޯޓުތަކާއި، ފަންނީ ކޮންސަލްޓެންޓުން ފަދަ މީހުންނަށް ވިޔަފާރީގެ އުސޫލުން ފެން ތަހުގީލު ކުރުމުގެ ހިދުމަތް ވެސް އެކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ފެން ކުންފުނީގެ ޝޯރޫމަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާފައި އެތަނުން ވިޔަފާރިކުރާ އެކި ދާއިރާތަކުގެ ކަސްޓަމަރުން ބައިވެރިވެފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

މި ހަފްލާގައި ކުންފުނީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.