ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި އެއް ވާހަކައަކީ ތުރުކީގެ 50 އަހަރުގެ މީހަކު ކުރި މަޖާ ކަމެއްގެ ވާހަކަ އެވެ. ބޭހަން މުޓްލޫ ކިޔާ މި މީހާ ރައްޓެހިގެން ތަކަކާއެކު ތަނެއްގައި އިނދެފައި މަސްތުގެ ހާލުގައި ބޭރަށް ނުކުމެގެން ގޮސް ޖަންގައްޔަށް ވަދެ ގެއްލުނީ އެވެ. އޭނާގެ އެކުވެރިން އޭނާ ވީ ތަނެއް ނޭނގިގެން އެންމެ ފަހުން އޭނާ ގެއްލުނު ކަމަށް ފުލުހަށް ރިޕޯޓް ކުރި އެވެ.
އޭނާ ހޯދަން ފުލުހުންނާއި އޭނާގެ އެކުވެރިން ތުރުކީގެ ސިޓީއެއް ކަމަށްވާ އިނެގޯލްގައި މި މީހާ ދިރިއުޅޭ ހިސާބުގަނޑު އެތައް އިރެއް ވަންދެން ހޯދާފައި ވެއެވެ.
އޭނާ ނުފެނި މާ ގިނަ އިރުވާން ފެށުމުން މުޅި އެ ސަރަހައްދުގެ އާއްމުން ވެސް އޭނާ މުޓްލޫ ހޯދުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް އެއްވެސް ތަނަކުން އޭނާގެ ހިލަމެއް ނުވި އެވެ.
ވަރަށް ގިނައިރު ވީފަހުން އޭނާ ހޯދުމުގެ މަސައްކަތުގައި އުޅުނު މީހުން އެމީހާއަށް ވަރަށް ބާރުބާރަށް ގޮވަން ފެށި އެވެ. ޖަންގަލީގެ ތެރޭގައި އެމީހާ ހުރިނަމަ އޭނާއަށް އަޑު އިވިގެން އަތުވެދާނެ ކަމުގެ އުންމީދުގަ އެވެ.
އެގޮތަށް ގޮވަނިކޮށް ރެސްކިއު ޓީމުގައި ހިމެނޭ މީހަކު ކުއްލިއަކަށް ކުރިއަށް ޖެހިލާފައި އެމީހުން އެ ހޯދަނީ ކާކުތޯ އެހި އެވެ. އަދި ތިމަންނަ މިހިރީއޭ އެމީހާ ބުންޏެވެ.
މި މީހާ މަސްތުވެފައި ހުރި ވަރުން ރެސްކިއު ޓީމުން ހޯދަމުން ދިޔައީ އޭނާ ކަމެއް އެމީހާއަކަށް ނޭނގުނެވެ. އޭނާއަށް ރޭކާލީ އޭނާގެ ނަމުން އެންމެން އަޑު ހަރުކޮށް ގޮވަން ފެށުމުންނެވެ.
އެންމެ މަޖާ ކަމަކީ ރެސްކިއު ޓީމާއެކު އެމީހާ އެހާ ގިނައިރު އުޅުނުއިރު ވެސް އޭނާގެ ރައްޓެހިން ކުރެ މީހަކަށް ވެސް އެމީހާ ފާޙަގަ ނުކުރެވުމުންނެވެ.