އެޗްޑީސީ އާއި ދިރާގު އަދި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް ގުޅިގެން އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރަން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި އިސްރަށްވެހިންނަށް ދަތި އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށާއި އެ މީހުން ވެސް މުޖުތަމައުގައި ހިންގާ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ.
އޮކްޓޫބަރު ދެވަނަ ދުވަހު ބާއްވާ މި ހަރަކާތުގައި އިސްރަށްވެހިންނަށް ހާއްސަ ކޮށްގެން ރައްޓެހިންގެ ގްރޫޕްތަކާއެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމްސް ފަދަ ކުޅިވަރުތައް ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އަޅާ ގިނަ މައޫލޫމާތުތަކެއް ދިނުމާއި އެ ފަރާތްތަކުގެ ހަކުރު އަދި ލޭގެ ޕްރެޝަރު ބަލައި ދޭނެ އެވެ.