ދިރާގު

ޔޫރޯގެ ފައިނަލް ބެލުމަށް ދިރާގުން ހުޅުމާލޭގައި ބޮޑު ސްކްރީނެއް

މިރޭގެ ޔޫރޯގެ ފޯރިގަދަ ފައިނަލް މެޗު ބެލުމަށްޓަކައި ދިރާގުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު ސްކްރީނެއް ބެހެއްޓުމަށް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނި ގޮތުގައި ސްކްރީން އަޅުވާނީ ހިޔާ ފްލެޓް ސަރަހައްދުގަ އެވެ.

އެގޮތުން މި ސްކްރީން ހުންނާނީ ހިޔާ ފްލެޓް ޓަވަރު 1 އަދި ވިނަރެސް ޓަވަރު 1 އާ ދެމެދުގައި ކަމަށް ދިރާގުން ބުނެ އެވެ. އަދި މިރޭ 10:00 އިން ފެށިގެން ސްކްރީން ލައިވްވާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

ޔޫރޯއާ ގުޅިގެން ދިރާގުން ވަނީ ފުޓްބޯޅަ އީދުއާއެކު ތަފާތު އޮފާތަކެއް ލޯންޗްކޮށްފަ އެވެ.

އެ ގޮތުން ސޮނީލިވް ޕެކްއާއެކު އަދިވެސް ރާއްޖޭގެ ކޮންމެތާކުން ފައިނަލް މެޗް ބަލާލުމަށް އެންމެ 80 ރުފިޔާއާއެކީ 80 ޖީބީ ޑޭޓާ އަދި ސޮނީލިވް ޕްރިމިއަމް އެކްސެސް 30 ދުވަހަށް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން ދިރާގުގެ "ޖެހީ ލިބުނީ" ޕްރޮމޯޝަންއާއެކު މިރޭ މޮޅުވާނެ ކަމަށް ބެލެވޭ ޓީމް ރަޖިސްޓާކުރުމަށްފަހު އެ ޓީމުން ޖަހާ ކޮންމެ ގޯލްއަކަށް އެއް ޖީބީ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.