އެމްޓީސީސީ

މާދަމާއިން ފެށިގެން ދެވަނަ ފިޔަވައްސަށް ބަސް ދާނެ: އެމްޓީސީސީ

ހުޅުމާލެ ދެވަނަ ފިޔަވަހި: މާދަމާއިން ފެށިގެން އެ ސަރަހައްދަށް ބަހުގެ ހިދުމަތް ލިބޭނެ ކަމަށް އެމްޓީސީސީން ބުނޭ --- ފޮޓޯ: އަވަސް
0%
0%
0%

މާދަމާއިން ފެށިގެން ހުޅުމާލޭގެ ދެވަނަ ފިވައްސަށް ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީއާއި، އެޗްޑީސީއާއި، އެމްޓީސީސާއި ގުޅިގެން މާދަމާއިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނަށް ދެމުންގެންދާ ބަހުގެ ހިދުމަތް ފުޅާކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށްވެސް ދެވޭނެ ގޮތަށް މިހާރު ވަނީ ބަސް ރޫޓަށް ބަދަލު ގެނެސްފައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް ގުޅުވައިދޭ މި ބަސް ރޫޓުން ހުޅުމާލެ ފެރީއާއި ގުޅުވައިދޭ ބަސް ހުއްޓިތަކަށް ވެސް ހުއްޓާނެ އެވެ. އަދި ހުޅުމާލެ - ވެސްޓް ޕާކް ރޫޓް، ހުޅުމާލެ - ކާނިވަލް ރޫޓް، ހުޅުމާލެ - ވީއައިއޭ ބަސް ރޫޓް، ހުޅުމާލެ ނެއިބަރހުޑް 1، 2 އަދި 3 ގުޅުވައިދޭ ބަސްހުއްޓިތަކަށް ވެސް ހުއްޓާނެ އެވެ.

ހުޅުމާލޭ ބަހުގެ ހިދުމަތުގެ އަގަކީ ފަސް ރުފިޔާ އެވެ. މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން އެއީ އެމްޓީސީސީގެ އަމާޒުކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު އެވެ. އެކަމަކު އެއީ އަމިއްލަ މީހުންނަށް ވިއްކާފައިވާ ބިންތަކުގައި ހަދާފައިވާ މަދު ގެއެއްގައި އުޅޭ މަދު އާއިލާތަކެކެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ވެސް މިހާރު 60 ވަރަކަށް އާއިލާ ވަނީ ދިރިއުޅުން ބަދަލުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345