ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް އަދި ދުވަސްކޮޅެއް ވަންދެން އުޅޭނެ: ބަޔޮންޓެކް

ދުނިޔެ ކޮވިޑާ ހެދި ގަތްބިރު މިހާރު މަޑުމަޑުން ފިލަމުންދާ ކަމަށް ބަޔޮންޓެކުން ބުނެފި އެވެ.

ތުރުކީ ދަރިފަސްކޮޅުން ޖަރުމަނަށް ހިޖުރަކޮށް ދިރިއުޅެމުން ގެންދާ ސައިންސްވެރިޔާ އަދި ބަޔޮންޓެކްގެ އެއް ބާނީ އަޒްލީމް ތޫރަޖް ވިދާޅުވި ގޮތުން ކޮވިޑާ ގުޅިގެން ފެތުރިގަތް ބަލިމަޑުކަން މަޑުމަޑުން ނެތިދާނެ އެވެ.

އެމެރިކާގެ ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި އަޒްލީމް ވިދާޅުވީ ކޮވިޑާއެކު އާންމުން އުޅެން ދަސްކޮށްފި ކަމަށެވެ. އަދި ކޮވިޑަކީ މިހާރު ބޭސްވެރިކަމަށް ގުޑުވާލެވޭ ބަލިމަޑުކަމެއް ކަމަށެވެ.

ކޮވިޑްގެ އާ ވޭރިއަންޓްތަކާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އަޒްލީމް ވިދާޅުވީ އާ ވައްތަރުތަކަށް ހޭނެން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށާއި ދުނިޔެއަށް ފެތުރިގަތް ބޮޑެތި ބަލިތަކުން އަރައިގަތުމަށް މީހުން ދަސްކުރީ ކަމަށެވެ.

އާ ވޭރިއަންޓްތަކާ ގުޅިގެން ބަޔޮންޓެކް ވެކްސިނަށް ވެސް ބަދަލު ގެންނާނެ ކަމަށް އަޒްލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮވިޑަކީ އެކި މާހައުލަށް ވޭރިއަންޓް ތަފާތުވާ ބަލިމަޑުކަމެއްކަށް ސައިންސަށް އެނގުނީ ވޭރިއަންޓްތައް ފެތުރިގަތް ފަހުން ކަމަށެވެ.

އަޒްލީމް ވިދާޅުވި ގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމް ކޮވިޑަށް ފަރިތަކުރުމަށް ދުވަސް ނަގަ އެވެ. އޭނާ ވިދާޅުވީ އެފަދަ ވައިރަސްތައް ސައިންސް ދެނެގެންފައިވާ ކަމަށާއި ބައެއް ފަހަރު ބޭހުގެ ބާރުދާއިރު ވެސް ވައިރަހުގެ އަސަރު ފިލާ ނުދާ ކަމަށެވެ.

ކޮވިޑަށް ބޫސްޓާ ޑޯޒެއް ޖަހަން ޖެހެނީ ހަށިގަނޑުގައި ވައިރަސް ފިލައިގެން އުޅޭނެ ކަމަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުވަސްކޮޅެއް ފަހުން ދިފާއީ ބާރުގެ މައްޗަށް ވައިރަސް ގަދަވެގެންފި ނަމަ ބޮޑުވަރުކުރާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަރުމަނުގައި ބޭސްވެރިކަމުގެ ރޮނގުން ދޭ އެންމެ ޝަރަފްވެރި އިނާމު ބަޔޮންޓެކް ސައިންސްވެރިންނަށް ވަނީ ލިބިފަ އެވެ. އެއީ ދުނިޔޭގައި ކޮވިޑް ފެތުރިގަތް ވަގުތާ ދިމާކޮށް އެ ބައްޔަށް އެމްއާރްއެންއޭ ދިފާއީ ވެކްސިން އުފެއްދި ސައިންސްވެރިންނެވެ.

މި އިނާމަށް ހޮވިފައި ވަނީ އޫރު ޝަހީން އާއި އަޒްލީމް ތޫރެޖް އަދި ހަންގޭރީގެ ބަޔޯކެމިސްޓް، ކެޓަލީން ކެރީކޯ އެވެ.

އޫރު ޝާހީން އާއި އަޒްލީން ތޫރެޖް އަކީ ތުރުކީ ނަސްލުގެ ދެމަފިރިންނެވެ. ދިރިއުޅެނީ ޖަރުމަނުގަ އެވެ.