ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖަރުމަނުގައި ކޮވިޑް ވެކްސިން އެންމެ ފުރަތަމަ 101 އަހަރުގެ އަންހެނަކަށް

ޖަރުމަނުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 101 އަހަރުގެ އަންހެނަކަށް ދީފި އެވެ. މިއީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށައިގަތުމަށް އެ ގައުމުގައި އެންމެ ފުރަތަމަ ވެކްސިން ދިން މީހާ އެވެ. އީޑިތު ވޮއިޒަލާ ނަމަކަށް މި އަންހެނާއަށް ވެކްސިންދީފައި ވަނީ ރަސްމީކޮށް ކޮވިޑް ޕްރޮގްރާމް ފެށުމުގެ އެއްދުވަސް ކުރިންނެވެ. ޖަރުމަނުގައި އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އެކުއެކީގައި ވެކްސިން ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ.

ޖަރުމަނުގައި ވެކްސިން ދޭން ފަށާއިރު ބޭނުން ކުރަން ހަމަޖައްސާފައި ވަނީ ފައިޒާ - ބަޔޮންޓެކް ވެކްސިނެވެ. ފުރަތަމަ ފިޔަވަހީގައި ވެކްސިން ދޭނީ ނާސިން ހޯމްތަކުގައި ތިބި ދޮށީ އުމުރުގެ މީހުންނަށާއި ބަލި މީހުންނަށް ހިދުމަތްކުރާ ސިއްހީ އޮފިޝަލުންނަށެވެ. ޖަރުމަނުން ބުނި ގޮތުގައި ފިޔަވަހިތަކަށް ވަކިވަކިން ވެކްސިން ދޭން ހަމަޖައްސާފައިވި ނަމަވެސް، ހާލު ދެރަ އަދި ސީރިއަސް މީހުންނަށް ވަރަށް ބޮޑަށް އިސްކަން ދޭނެ އެވެ.

ޔޫރަޕް ގައުމުތަކުގައި ވެކްސިން ދޭން ފަށާފައި ވަނީ، ބޭނުން ކުރާނެ ވަކި ވެކްސިނަކަށް ޔޫރަޕްގެ ސިއްހީ އިދާރާތަކުން ގޮތެއް ނިންމައި ހުއްދަ ދިނުމުންނެވެ. ފައިޒާ-ބަޔޮންޓެކް ވެކްސިން މުޅި ދުނިޔެ ބަލައިގެންފައި ވާއިރު ޔޫރަޕުން ވެސް ވަނީ ހުއްދަ ދީފަ އެވެ.

ކޮވިޑަށް އެންމެ ފުރަތަމަ ދޭން ފެށި ވެކްސިނަކީ ވެސް ފައިޒާ-ބަޔޮންޓެކެވެ. މި ނޫން ވެކްސިނަކަށް ގައުމަތައް ރުހެނީ އެހެން ގޮތެއް ނެތިގެނެވެ. ބަޔޮންޓެކުން ބުނި ގޮތުގައި ދުނިޔޭގެ އާބާދީއަށް ދެވޭ ވަރަށް ވެކްސިން އުފައްދަން ދުވަސްތަކެއް ނަގާނެ އެވެ.